ޚަބަރު

އެމް.އޭ.އެމް.ބީ.އެސްގައި ކިޑްސް ކޯޑިންގ ކުލަބު އުފައްދަނީ

މެރިޓައިމް އެކަޑެމީ އޮފް މޯލްޑިވްސް ބިޒްނަސްސްކޫލް (އެ.މްއޭ.އެމްބީއެސް) ގައި ކިޑްސް ކޯޑިންގ ކްލަބެއް އުފެއްދުމަށް
ނިންމައިފިއެވެ.
އެ.މްއޭ.އެމްބީއެސްއިން ކުރިއަށްގެންދިޔައައިޓީ ފޯ ކިޑްސް ބެޗް 5 ގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވިހަފްލާގައި ވާހަކަދައްކަވަމުން އެ.މްއޭ.އެމްބީއެސްގެޑިރެކްޓަރ އޮފް އެކަޑެމިކްސް މުހައްމަދު ފިރާޒް ވިދާޅުވީ އެ.މްއޭ.އެމްބީއެސްގެއަމާޒަކީ
ހަލުއިކަމާއެކު ކުރިއަރަމުންދާ އައިޓީގެދާއިރާއަށް ކުޑަކުދިން އަހުލުވެރިކޮށް އައިޓީގެ ދާއިރާއިން މީހުން ބިނާކުރުމަށްކުރެވޭ
މަސައްކަތުގައި ބައިވެރިވުމެވެ. އަދިހެދިބޮޑުވަމުން އަންނަ ކުދިންނަށް މިކަންކަން ދަސްކޮށްދީ މިދާއިރާއަށް ވީހާވެސްގިނަ ފަރާތްތައް ނެރުމަށް ކުރެވޭ މަސައްކަތުގައިއެމްއޭ.އެމްބީއެސްއިން ބައިވެރިވާނެކަމަށެވެ. މިގޮތުން އެމްއޭ.އެމްބީއެސްގެއަމާޒަކީ އައިޓީ ދާއިރާގެ ތަފާތު ފަންނުތަކުގައި މަސައްކަތްކުރާނެފަރާތްތައް ބިނާކުރުމެވެ.
އައިޓީގެ ދާއިރާއަށް މީހުން ނެރުމަށް ކުރެވޭމަސައްކަތުގެ ތެރެއިން ކުޑަކުދިންނަށް ޚާއްސަކޮށް އެމްއޭ.އެމްބީއެސް ކިޑްސްކޯޑިންގ
ކްލަބްގެ ނަމުގައި ކްލަބެއް އުފައްދާނެކަންއިޢުލާންކުރައްވާ ފިރާޒު އިތުރަށް ވިދާޅުވީމިޕްރޮގްރާމްގެ ތެރެއިން މިފެށިގެންދާ ފެށުމަކީ
އައިޓީގެ ދާއިރާއަށް ކުދިންއަހުލުވެރިކުރުމުގެ ފެށުމެއް ކަމަށެވެ. އަދި ދާއިރާއާއިމެދު ކުދިންގެ ވިސްނުމާއިޝައުގުވެރިކަން
ކުރިއަރައިގޮސް އައިޓީގެ ދާއިރާގެމައްސަލަތަކަށް ހައްލު ހޯދައިދެވޭނެކަމަށެވެ.
މިހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ފިއެސް ސިސްޓަމްސް ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ އިކްރާމް ހަސަން
ވިދާޅުވީ ރާއްޖޭގައި އައިޓީ ދާއިރާއިންތަޢުލީމު ހާސިލްކޮށްގެން ރަނގަޅު މުސްތަޤްބަލެއް ބައްޓަންކުރެވޭނެކަމަށާއި އައިޓީދާއިރާއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި މިވަގުތުމީހުން ނެތްކަމަށެވެ. ނަތީޖާއެއްގެ ގޮތުން ބިދޭސީންގެ އަތްމައްޗަށް މަސައްކަތްތައް ދޫކޮށްލަން ޖެހޭ ކަމަށާއި، އައިޓީ ދާއިރާއަށްމީހުން އުފެއްދުމަކީ ރާއްޖެއަށް މިވަގުތަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

އަދި އައިޓީގެ ދާއިރާގައި މަސައްކަތްކޮށްގެންރަނގަޅު އާމްދަނީއެއް ހޯދޭނެކަމަށެވެ.
ޖުމްލަ 30 ގަޑިއިރު ފުރިހަމަކުރާ ގޮތަށްއޮކްޓޯބަރގައި އެމްއޭ.އެމްބީއެސްގެ ފަރާތުން ކުރިއަށްގެންދިޔަ އައިޓީ ފޯ ކިޑްސްބެޗް
5ގައި ޖުމްލަ 18 ކުދިންވަނީ ބައިވެރިވެފައެވެ.އެންމެ މޮޅު ބައިވެރިއަކަށް ހޮވިފައިވަނީ މަރިޔަމް ރުހު ޝާ މުހައްމަދު ރަޝީދުއެވެ.
މިއަދު އެ.މްއޭ.އެމްބީއެސްގެ އައިޓީ ފޯކިޑްސްގެ ބެޗް 8 ގެ ކިޔެވުން ވަނީ ފަށައިފައެވެ. އެ.މްއޭ.އެމްބީއެސްއަކީ މެރިޓައިމް އެކަޑެމީއޮފް މޯލްޑިވްސްގެ ބިޒްނަސް ސްކޫލެވެ. 18 ސެޕްޓެމްބަރ 2017ގައި އެމްއޭ.އެމްބީއެސް އުފެދުނުފަހުން ވިޔަފާރީގެ ދާއިރާގެ ތަފާތުޕްރޮގްރާމްތަކާއި ކުރު ޓްރެއިނިންގ ޕްރޮގްރާމްތަކާއި ކުރު މުއްދަތުގެ ކޯސްތައްވަރަށް ކާމިޔާބުކަމާއެކު ދަނީ ހިންގަމުންނެވެ.އެމްއޭ.އެމްބީއެސްގެ މައިގަނޑު އަމާޒަކީ ފެންވަރު ރަނގަޅު ތަޢުލީމު ޒަމާނީވަސީލަތްތަކާއެކު ހެޔޮއަގެއްގައި ފޯރުކޮށްދިނުމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close