ޚަބަރު

“މަދަހަ ރަން އަޑު” ޕްރޮގްރާމްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި

މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރުން ކޮންމެއަހަރަކުވެސް ކުރިއަށް ގެންދާ “މަދަހަ ރަން އަޑު” ޕްރޮގްރާމްގެ މިއަހަރުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

މިއަހަރުގެ ޕްރޮގްރާމް މި ރަމަޟާން މަހު ދައްކަން ފަށާގޮތަށް ހަމަޖެހިފައިވާއިރު، މަދަހަ ރަން އަޑަކީ މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރުން 2020 ވަނަ އަހަރު ފެށި މުބާރާތެކެވެ. އަދި މިއީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މަދަހަ މުބާރާތެކެވެ.

ޒުވާން ހުނަރުވެރިންގެ އަގުވަޒަންކޮށް، އެ ހުނަރުތަކަށް ޕްލެޓްފޯމެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ މި މުބާރާތުގައި ރާއްޖޭގެ އެކިކަންކޮޅުތަކުން ބައިވެރިން ވަނީ ވާދަކޮށްފައެވެ.

މި އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 90 އަށް ވުރެ ގިނަ ބައިވެރިން ވާދަކުރާއިރު، މި ޕްރޮގްރާމް ކޮންމެ ހޮނިހިރު، ހޯމަ އަދި ބުދަ ދުވަހެއްގެ ހަވީރު 4.15 އިން ހަވީރު 4.45 އަށް ވީޓީވީން ވަގުތުން ދައްކާނެއެވެ.

މި ޕްރޮގްރާމުގެ އެޕިސޯޑްތައް ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) ޕްލެޓްފޯމުން ވެސް ބަލައިލެވޭނެއެވެ.

ދިރާގުން ދަނީ އިސްލާމީ ރިވެތި އުސޫލުތައް ކުރިއަރުވައި، އިސްލާމީ ރިވެތި އުސޫލުތަކަށް ފަޚުރުވެރިވާ ޒުވާން ޖީލު ތަރުބިއްޔަތު ކުރުމުގައި ހިއްސާވާ ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެއްބާރުލުން ދެމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close