ޚަބަރު

ޕީ.އެން.ސީން މާލެ ސަރަޙައްދުގައި ދޮރުންދޮރަށް ހިނގަންފަށައިފި

މާލޭ ސިޓީ ކައުންސިލަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ގޮތުން އެ ޕާޓީން މާލޭ ސަރަހައްދުގައި ރަސްމީކޮށް ދޮރުން ދޮރަށް ހިނގުމުގެ ކެމްޕެއިން ހަރަކާތް މިއަދު ފަށައިފި އެވެ. 

މިއީ މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ކަމަށް ޕީއެންސީން ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި ކައުންސިލުގެ މެމްބަރު ކަމަށް އެ ޕާޓީން ވާދަކުރައްވާ މެމްބަރުންނަށް ތާއީދު ހޯދުމަށް ހިންގާ ހަރަކާތެއްކަމަށް މަޢުލޫމާތު ލިބެއެވެ.

ޕީއެންސީ މައި ހަރުގެ ސަރަހައްދުން މިއަދު ފެށި އެ ހަރަކާތުގައި މީހުންގެ ކަންބޮޑުވުންތައް އަޑުއަހައި ކެންޑިޑޭޓުންނާ ސުވާލުކުރުމުގެ ފުރުސަތު ލިބޭނެ އެވެ. މާލޭގެ ހުރިހާ އަވަށްތަކުގެ ގެތަކަށް ޒިޔާރާތްކޮށް ކެންޑިޑޭޓުންގެ ސިޔާސަތުތައް ވެސް ކިޔައިދޭނެ ކަމަށް އެ ޕާޓީން ބުންޏެވެ. 

މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް އެ ހަރަކާތް ކުރިއަށް ގެންދާނެ އެވެ.

ދޮރުން ދޮރަށް ހިނގުމުގެ ރަސްމީ ހަރަކާތް ފެށުމަށް ބޭއްވި އެއްވުމުގައި އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އަދި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވަނީ މާލޭގައި ފަށާ އެ ހަރަކާތާއެކު ރަށްރަށުގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އެ ޕާޓީން ވާދަކުރާ މީހުން ވެސް އެ ހަރަކާތް ފެށުމަށް އިލްތިމާސް ކުރައްވައިފަ އެވެ. 

މީގެ އިތުރުން ފަލާހް ވިދާޅުވީ ޕީއެންސީއަކީ ސަރުކާރު ނިސްބަތްވާ ޕާޓީ ކަމަށާއި ރައީސް މުއިއްޒަކީ މިހާ ހިސާބަށް ރާއްޖޭގައި ލާމަރުކަޒީ ނިޒާމް އެންމެ ފުރިހަމައަށް ފުރިހަމަކުރުމަށް މަސައްކަތްކުރައްވާ ހަމައެކަނި ރައީސް ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close