ޚަބަރު

މިޝްކާގެ މަރު: ކަމުގެ ސީރިއަސްކަމަށް ބަލައި، ސަމާލުކަންދޭންވީ މިންވަރާ ގާތަކަށްވެސް ކޯލްސެންޓަރުތަކުން ސަމާލުކަން ދީފައެއްނުވޭ

ކޮވިޑް-19ގައި ނިޔާވި އުމުރުން 10 އަހަރުގެ މިޝްކާ ނިޔާވުމުގައި ކަމުގެ ސީރިއަސްކަމަށް ބަލައި، ސަމާލުކަންދޭންވީ މިންވަރާ ގާތަކަށްވެސް ކޯލްސެންޓަރުތަކުން ސަމާލުކަން ދީފައި ނުވާކަން ރޭ ހެލްތް މިނިސްޓްރީން އާންމުކުރި އިހުމާލު ރިޕޯޓުން އެނގިއްޖެއެވެ.

ހެލްތް މިނިސްޓްރީން މިރޭ އާންމުކުރި އިހުމާލު ރިޕޯޓްގައި ކަން ހިނގައިދިޔަ ގޮތް ބާޔަންކޮށްދީފައިވާއިރު ، އެ ހާދިސާއާ ގުޅިގެން މިހާތަނަށް ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި އެއީ އިމަރޖެންސީ ހާލަތެއްކަމުގައި ބެލިފައިނެތުމާއި އެފަދަ ހާލަތެއްގައި އަމަލުކުރަންޖެހޭ ގޮތަށް ޢަމަލުކޮށްފައިނެތުމާއި އެމްބިއުލަންސް ޓްރިގަރ ކުރަންޖެހޭ ވަގުތުގައި އެކަންކޮށްފައިނުވާކަން ފާހަގަވެފައިވާކަމަށެވެ.

އަދި އިމަރޖެންސީއެއްގެ ގޮތުގައި ރިޕޯޓްކުރެވުނު ހިސާބުން އެމްބިއުލަންސް އެކްޓިވޭޓްނުކުރެވި 2 ގަޑިއިރާއި 26 މިނެޓް ހޭދަވެފައިވާކަމަށްވެސް ރިޕޯޓިގައި ވެއެވެ.

މީގެ އިތުރުން އެއީ އިމަރޖެންސީ ހާލަތަކަށް ވީހިނދު، އަދި ޑީ.އެމް.އާރ.ޓީ އާއި ސީ.މެޓަށް އެމަޢުލޫމާތު ހިއްސާކުރެވި އަމަލުކުރަންޖެހޭ އުސޫލުތަކާއި އެއްގޮތަށް އެމްބިއުލަންސް ފޮނުވަން އަންގާފައިނުވާކަމަށާއި މިކަމާއި ގުޅިގެން ލިބިފައިވާ ކޯލް ލޮގްތަކަށް ބަލާއިރު، ކުއްޖާގެ ހާލަތުގެ ސީރިއަސްކަމާއި އެހީއަށް ބޭނުންވެފައިވާ

އަވަސް މިންވަރު ކޯލް ސެންޓަރަށް ބެލިފައި ނުވާކަމަށް އެ ރިޕޯޓިގައި ވެއެވެ.

މީގެ އިތުރުން އިމަރޖެންސީ މެޑިކަލް ސަރވިސް (ބީއެމްއެސް) އަށް މަޢުލޫމާތު ލިބި ވަގުތުން އެމްބިއުލަންސް އެކްޓިވޭޓްކޮށް، 10 މިނެޓް ތެރޭގައި ކުއްޖާ ހޮސްޕިޓަލަށް ގެންދެވިފައިވާކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close