ސިޔާސީ ޑީލެއް ހަދަން ނަޝީދާ ބައްދަލު ނުކުރައްވާ ކަމަށް ޑރ.ޖަމީލު ވިދާޅުވެއްޖެ
ސިޔާސީ ގޮތުން ޑީލެއް ހަދަން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުނުކުރައްވާކަމަށް އިދިކޮޅު ލީޑަރ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލު އެވާހަކަ ދޮގުކުރެއްވީ އޮންލައިން ނޫސް ވަގުތުއަށް ދެއްވި އިންޓަވިއު އެއްގައެވެ. ޖަމީލު ވިދާޅުވީ ދައްކަނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށާއި، އެފަދަ ޑީލެއް ހަދަން ޖެހޭ ހާލަތެއް އަދި ނާންނަކަމަށެވެ.
ޑރ.ޖަމީލު މިހެން ވިދާޅުވިނަމަވެސް މިއަދު އިރުއޮއްސި 6:45 ހާއިރު ނަޝީދު ޖަމީލާ ބައްދަލުކޮށްފައިވާ ކަމަށް ބުނެ ސިޔާސީ ޑީލެއް ހަދަން އުޅޭ ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ. އަދި، ޖަމީލް ދިރިއުޅުއްވާ ގެކޮޅުގެ ބޭރުގައި ނަޝީދުގެ ކާރުކޮޅާ ސެކިއުރިޓީ ތިބި ފޮޓޯތަކެއް ވެސް މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
އެކަމާ ގުޅިގެން “ވަގުތު” އާ ވާހަކަދައްކަވަމުން ކުރީގެ ނައިބު ރައީސް ޖަމީލް ވިދާޅުވިކަމަށް ވަގުތު ނޫހުން ރިޕޯޓްކޮށްފައިވަނީ އެއީ އެއްވެސް ހަގީގަތެއް އޮތް ވާހަކަތަކެއް ނޫން ކަމަށާއި ނަޝީދާއެކު ބައްދަލުކޮށްފައިނުވާނެ ކަމަށެވެ.
“އެއީ އެއްވެސް ހަގީގަތެއް ނޫން. ދޮގެއް އެއީ” އޭނާ ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި ނަޝީދު ވަޑައިގަންނަވާފައިވަނީ ޖަމީލްގެ ގެކޮޅަކަށް ނޫނެވެ. އެމަނިކުފާނު ވަޑައިގަންނަވާފައިވަނީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ ގެކޮޅަށެވެ.



Kon ge kolhe tha thiya liyanee azim ge ge ah vadai gathee kama liyunee ma rangalhu vaane noon tha kolhu Gina vee ma bolah undha goo vey Azim membare vee ma ihu thi raam kuru mu ge gothun ves kolhu kolhu kiyaa kah nu jehe