ޚަބަރު

ފުޑް އެންޑް ބެވަރޭޖް ޝޯ 2022 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

2-4 ޖޫން 2022 އަށް ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުޑް އެންޑް ބެވަރޭޖް ޝޯގެ 5 ވަނަ އެޑިޝަންގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

ހައިރައިޒް އިން ހުށަހަޅައިދޭ ފުޑް އެންޑް ބެވަރޭޖް ޝޯއަކީ ފުޑް އެންޑް ބެވަރޭޖް އިންޑަސްޓްރީ އެއްތަންކޮށް ގެނެސްދޭ އެކްސްކްލޫސިވް ޝޯއެކެވެ. މި ޓްރޭޑް ޝޯގައި ރިސޯޓު، ހޮޓެލް، ގެސްޓް ހައުސް، ލިވަބޯޑް، ރެސްޓޯރެންޓް، ފުޑް އެންޑް ބެވަރޭޖް ހޯލްސޭލަރުން، ކަލިނަރީ އެކްސްޕާޓުން އަދި މިނޫންވެސް ގިނަ އަދަދެއްގެ ލޯކަލް އަދި އިންޓަނޭޝަނަލް ފަރާތްތައް ބައިވެރިވާނެ އެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށް ވެސް މާކެޓުގައި އަލަށް ތައާރަފުކުރި ކާބޯތަކެއްޗާއި ބުއިންތައް ބައްލަވައިގަތުމަށާއި ލިބެން ހުރި ފުޑް ސާމްޕްލިން އާއި ރަހަ ބަލާލުމުގެ އޮޕްޝަންތައް ލިބިވަޑައިގަންނަވާނެ އެވެ.

ދިރާގުން ވަނީ މުޅި އެކްސްޕޯގައި ވެސް ޑިޖިޓަލް އެހީތެރިކަމާއި ކަނެކްޓިވިޓީ ފޯރުކޮށްދިނުމަށް އަޒުމް ކަނޑައަޅާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close