ޚަބަރު

އިސްލާމިކް މިނިސްޓްރީގެ ހުއްދަނެތި މިސްކިތް އިމާރާތްނުކުރަން އަންގައިފި

އިސްލާމިކް މިނިސްޓްރީގެ ހުއްދަނެތި އެއްވެސް ރަށެއްގައި މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް އެ މިނިސްޓްރީން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ރަށްރަށުގެ ކައުންސިލްތަކާއި، އަތޮޅުކައުންސިލާއި، ސިޓީ ކައުންސިލްތަކާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއަށް ފޮނުވާފައިވާ ސަރކިއުލަރއެއްގައި ބުނެފައިވަނީ މިފަދަ ބޮޑެތި މަޝްރޫޢުތައް ހިންގޭނީ އިސްލާމިކް މިނިސްޓްރީއަށް އެކަން އަންގާ، ހުއްދަ ލިބުމަށްފަހުކަމަށެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ މިސްކިތްތަކުގެ އަދަދު ކަނޑައެޅުމާއި، މިސްކިތް އިމާރާތްކުރުމާއި، މިސްކިތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، މިސްކިތް އިމާރާތްކުރަން އެދޭ ފަރާތްތަކަށް އެކަމުގެ ހުއްދަ ދިނުމަކީ އިސްލާމިކް މިނިސްޓްރީގެ ބެލުމުގެދަށުން ކުރަންޖެހޭ ކަންތައްތަކެއްކަމަށް ރަައީސުލްޖުމްހޫރިޔާ އިބްރާޙިމް މުޙައްމަދު ސޯލިޙް ހަމަޖައްސަވާފައިވާކަމަށެެވެ.

އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ސަރކިއުލާގައި ވަނީ ރާއްޖޭގައި މިހާރު ކުރިއަށްގެންދާ މިފަދަ މަޝްރޫޢުތަކުގެ ތެރެއިން އިސްލާމިކް މިނިސްޓްރީގެ ހުއްދަ ނެތި އެއްވެސް މަޝްރޫޢެއް ހިންގާނަމަ އެކަން އަންނަ ފެބަރުއަރީ މަހުގެ ތިންވަނަ ދުވަހުގެ ކުރިން ލިޔުމުން އެ މިނިސްޓްރީއަށް އެންގުމަށް އެދިފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިގޮތަށް ނިންމާފައިވަނީ މިސްކިތްތައް އިމާރާތްކުރުމުގައި ބަލަންޖެހޭ އުސޫލުތަކާއި، އަމަލު ކުރަންޖެހޭ ޤަވާއިދުތައް ރަނގަޅު ފެންވަރެއްގައި މޮނިޓަރ ކުރެވޭނެ ގޮތްހެދުމަށްކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close