ޚަބަރު

ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް 2019 ޕްރީ އިވެންޓް ބާއްވައިފި

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން 2011 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވާ ދިރާގުގެ ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގެ ޕްރީ އިވެންޓް އެކުވެނި ދުވާ ޓްރެކްގައި ބާއްވާފިއެވެ.

ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލަކީ ނުކުޅެދުންތެރިކަން ހުންނަ އެންމެ ގިނަ ކުދިން ބައިވެރިވާ އަދި އެކުދިންނަށް ހާއްސަކޮށްގެން ބާއްވާ ހަމައެކަނި ކުޅިވަރު ފެސްޓިވަލް އެވެ. މިއަދު ބޭއްވި ޕްރީ އިވެންޓަކީ މި ފެސްޓިވަލްގެ ވާދަވެރި ދުވުމުގެ ހަރަކާތެވެ.

މިއަހަރުގެ ޕްރީ އިވެންޓުގައި  6 ކެޓަގަރީ އަކުން ދަރިވަރުން ވާދަ ކުރިއެވެ.

  • 5 އަހަރާއި 6 އަހަރުގެ 50 މީޓަރު ގެ ކެޓަގަރީ
  • 7 އަހަރާއި 9 އަހަރުގެ 80 މީޓަރުގެ ކެޓަގަރީ
  • 9 އަހަރާއި 12 އަހަރުގެ 100 މީޓަރުގެ ކެޓަގަރީ
  • 12 އަހަރާއި 15 އަހަރުގެ 200 މީޓަރުގެ ކެޓަގަރީ
  • 15 އަހަރުން މަތީގެ 300 މީޓަރުގެ ކެޓަގަރީ
  • 200 މީޓަރުގެ ވީލްޗެއަރ ކެޓަގަރީ

މި އިވެންޓުގައި ވަނަ ވަނައަށް ދާ ކުދިންގެ މެޑަލް ހަވާލު ކުރުން އޮންނާނީ ދިރާގު ސެޕެޝަލް ސްޕޯރޓްސް ފެސްޓިވަލް ގެ މެއިން އިވެންޓުގައިއެވެ. މި އިވެންޓުގައި މެޑަލް ހަވާލު ކުރުމުގެ އިތުރުން ތަފާތު ފޯރިގަދަ ކުޅިވަރުތައް ކުރިއަށްދާނެއެވެ.

މި ވާދަވެރި ސްޕޯޓްސްގެ ސަބަބުން ކުދިންގެ އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރާއި، އަދި އެހެން ކުދިންނެކޭ އެއްގޮތަށް ނުކުޅެދޭ ކުދިންނަށްވެސް މިފަދަ ސްޕޯޓްސްތަކުގައި ބައިވެރިވޭކަން ކުދިންނަށްވެސް އެގިގެންދާނެއެވެ

މި ފެސްޓިވަލްގެ އެންމެ ބޮޑު ބޭނުމަކީ މުޖުތަމައުގައި ދިރިއުޅޭ އެއްވެސް ކުއްޖަކު އެކަހެރި ނުކުރުމާއި ހުރިހާ ކުދިންނަށްވެސް ފުރުސަތުތަކެއް ހޯދައިދިނުމެވެ.  އަދި ނުކުޅެދުންތެރިކަން ހުންނަކުދިންނަށް  އަމިއްލަ ނަޕްސަށް އިތުބާރުކުރުމާއި ކުޅިވަރުގެ ރޫހު އެކުދިންގެ ކިބައިގައި އަށަގެންނެވުމަކީވެސް މި ފެސްޓިވަލްގެ މަޤްސަދެކެވެ.  

ސްކޫލްތަކާއި އެންޖީއޯ ތަކަށް ހުޅުވާލައިގެން ބާއްވާ މި ފެސްޓިވަލުގައި މިއަހަރުގެ ފެސްޓިވަލްގައި 4 އެންޖީއޯ އަދި 14 ސްކޫލުން ބައިވެރިވިއެވެ. އެއީ މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕިޒިކަލް ޑިސްއޭބަލްސް، ބިއުޓިފުލް އައިސް  ޑައުން ސިންޑްރޯމް އެސޯސިއޭޝަން، ކެއާ ސޮސައިޓީއާއި، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންއެވެ. ސްކޫލް ތަކުގެ ތެރޭގައި ހިމެނެނީ، އަމީރު އަހުމަދު ސްކޫލް، ކަލާފާން ސްކޫލް، އިމާދުއްދީން ސްކޫލް، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް، ރެހެންދި ސްކޫލް ، މުހިޔުއްދީން ސްކޫލް، ގާޒީ ސްކޫލް، ހިރިޔާ ސްކޫލް، މާފަންނު މަދަރަސާ، ގަލޮޅު ސްކޫލް، ހުރަވީ ސްކޫލް ތާޖުއްދީން ސްކޫލް އަދި އިސްކަންދަރު ސްކޫލް ގެ އިތުރުން ޖަމާލުއްދީން ސްކޫލެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close