ޚަބަރު

މާލެ ވިޔަފާރި ބަނދަރު ކުއްޔަށް ދޭން އުޅޭ ވާހަކަ ފިނޭންސް މިނިސްޓަރު ދޮގުކުރައްވައިފި

މާލެ ވިޔަފާރި ބަނދަރު ބޭރު ބަޔަކަށް ކުއްޔަށް ދޭން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ހއ. ދިއްދޫ އެއާޕޯޓް އެޅުމަށް ބިން ހިއްކުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޒަމީރު ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެޅުއްވި ހަރުދަނާ އިގްތިސާދީ ފިޔަވަޅުތަކާއެކު، ރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކުން ތަފާތު ޕްރޮޕޯސަލްތައް ހުށަހަޅަމުންދެއެވެ. ނަމަވެސް، ވަކި ކަމަކަށް ޕްރޮޕޯސަލެއް ލިބުމަކީ ނުވަތަ ސަރުކާރުން އެ ބެލުމަކީ އެކަމެއް އެގޮތަށް ކުރަން ނިންމުން ނޫން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކޮންމެ ފިޔަވަޅެއްވެސް އަޅުއްވަނީ ގައުމާއި ރައްޔިތުންގެ ހައްގުގައި ކަމަށާއި، ރައްޔިތުންނަށް ދެރަވާނެ އެއްވެސް ކަމެއް އެމަނިކުފާނު ނުކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ޒަމީރު ވަނީ ދެއްވާފައެވެ. އަދި ބަނދަރު ކުއްޔަށް ދޭން އުޅޭ ކަމަށް ބުނެ ފަތުރަމުންދަނީ އިގްތިސާދު ބަނގުރޫޓްވާނެ ކަމަށް ބުނެ ބަޔަކު ކުރަމުންދާ ފަދަ ދޮގު ޕްރޮޕެގެންޑާއެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close