ޚަބަރު

ލަންދޫގައި ބޮޑަތި މީހުންނަށް ޚާއްޞަ އިނގިރޭސިބަހުގެ ކޯހެއް ފަށަނީ

ނ.ލަންދޫ ސެންޓަރ ފޯރ ސްޓޫޑެންޓް އެޑްވާންސްމެންޓާއި މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްގެ ބިޒްނަސް ސްކޫލާއި ގުޅިގެން ނ.ލަންދޫގައި ބޮޑަތި މީހުންނަށް ޚާއްޞަކޮށްގެން އިނގިރޭސިބަހުގެ ކޯހެއް ހިންގުމަށް މިއަދު އިޢުލާންކޮށްފިއެވެ.

މިއަދު އެ ސެންޓަރުން ކުރި އިޢުލާންގައިވާގޮތުން މި ކޯސް ފެށުމަށް ހަމަޖެހިފައިވަނީ މި ހިނގާ ޖެނުއަރީމަހުގެ 17 ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން ކޯހުގައި ބައިވެރިވާ އެދޭ ފަރާތްތަކުން 15 ޖެނުއަރީ 2019 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ފޯރމް ނަންގަވާ ފޯރމް ފުރުއްވުމަށްފަހު، އެ ސެންޓަރުގެ އޮފީހަށް ހުށަހަޅަން ޖެހެއެވެ.

ނާރެސް އަށް މަޢުލޫމާތު ލިބޭގޮތުގައި މިކޯހުގައި ބައިވެރިވުމަށް މިހާތަނަށް ލަންދޫއިން 20 ފަރާތަކުންވަނީ ނަންނޯޓްކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ސްކޫލުގެ ބެލެނިވެރިންކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

މިކޯސް ހިންގުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއެއްގެވެސް ބުރާސްފަތި އަދި ހުކުރު، ހޮނިހިރު ދުވަހުގެ ރޭގަނޑާއި ދުވާލުގައިކަމަށާއި ކޯހުގައި 2 ލެކްޗަރާއިން ކިޔަވައިދެއްވުމަށް ހަމަޖެހިފައިވާކަމަށް އެ ސެންޓަރުގެ މަސްޢޫލުވެރިޔާ އަލްފާޟިލް ޢަލީ ޒިޔާދު ނާރެސްއަށް މަޢުލޫމާތު ދެއްވިއެވެ.

މިހާރުވެސް ލަންދޫގައި އެ ސެންޓަރާއި މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އާއި ގުޅިގެން ޑިޕްލޮމާކޯހެއް ކުރިއަށް ގެންދަމުން ދެއެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ މެދުތެރޭ ނިންމާލައިފައިވާ ހިއުމަން ރިސޯސްމެނޭޖްމެންޓް ލެވެލް 4 ގެ ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު އަންނަ ފެބުރުއަރީމަހު ކުރިއަށްދާނެކަމަށްވެސް ނާރެސް އަށް ޒިޔާދު މަޢުލޫމާތު ދެއްވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close