ޚަބަރު

މޯލްޑިވްސް ޕެރަމޯޓަރ 2019 ގެ މެއިން ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައި

ސްކައި ގާއިޒްއިން އިންތިޒާމުކޮށްގެން އަންނަ މާޗް މަހު ރާއްޖޭގައި ބާއްވާ ކުޅިވަރު ހަރަކާތް، މޯލްޑިވްސް ޕެރަމޯޓަރ 2019 ގެ މެއިން ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

ދިރާގުން ހާމަކުރައްވާގޮތުގައި މިޙަރަކާތަކީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ރާއްޖޭގެ ރަށްތަކާއި ދިރުންތަކަށް ކުރާ އަސަރުތަކާއި ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށްޓަކައި ކުރިއަށްގެންދާ ޙަރަކާތެކެވެ.

މާރޗް މަހުގެ އެއްވަނަ ދުވަހުން ސާދަވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޙަރަކާތުގެ ތެރެއިން ޕެރެގްލައިޑިންގ އާއި ސްކައިޑައިވިންގ ފަދަ ކުޅިވަރުތައް ޕްރޮމޯޓުކުރާނެކަމަށް ސްކައި ގާއިޒްއިން ބުނެއެވެ.

ދިރާގުން ބުނީ މި ހަރަކާތުގައި އެކުންފުނިން ބައިވެރިވުމުގެ މައިގަނޑު މަޤްސަދަކީ، މި ހަރަކާތުގެ ތެރެއިން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކްއަށް އާންމުން ހޭލުންތެރިކުރުންކަމަށެވެ. އަދި މި އަމާޒުގެ ދަށުން 24 ރަށެއްގައި މިކަމާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ހިންގަން ރާވާފައިވާކަމަށް ދިރާގުން ބުނެއެވެ.

އިވެންޓުގެ މެއިން ސްޕޮންސަރއަކަށް ދިރާގު ހަމަޖައްސާފައިވާއިރު އިވެންޓުގެ ސްޕޮންސަރުންނަށްވުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން ކޮންމެ ޕެރަމޮޓޯއެއްގެ ފިޔަގަނޑުގައި ސްޕޮންސަރުންގެ ލޯގޯ ހަރުކުރުމަށް ނިންމާފައިވާކަމަށް ސްކައިގާއިޒްއިން ބުނެއެވެ. އަދި ފިޔަތައް ސްޕޮންސަރ ކުރާ ފަރާތްތަކަށް ޚާއްސަކޮށް ފިޔަތައް ދައްކުވައިދޭ ހަތަރު މިނެޓުގެ ހައި ރިސޮލިއުޝަން ފިލްމެއް އުފައްދާނެކަމަށްވެސް ސްކައިގާއިޒް އިން ބުނެއެވެ.

މިއީ ފާއިތުވި ތާރީޚުގައި ރާއްޖޭގައި ބާއްވާ ކުޅިވަރުގެ އެންމެ ބޮޑު ހަރަކާތަށް ވެގެންދާއިރު މި އިވެންޓް ކަވަރކުރުމުގައި ރާއްޖޭގެ މިޑިއާގެ އިތުރުން ބައިނަލްއަޤްވާމީ މީޑިއާތަކުން ވެސް ބައިވެރިވާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close