މަގުމަތީގަ ކީރިތި ޤުރްއާން އެންދި މީހަކު ހުއްޓުވި ޢުމަރު އިލްޔާސް އަށް ތަރުހީބު އޮހެނީ
ނޯވޭގައި އިސްލާމް ދީން ކުރިއަރަމުން އަންނަލެއް ބާރުކަމުން އެކަން ހަޖަމް ނުކުރެވިގެން އެކަން ހުއްޓުވުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން ލާރސް ތޯސަން ކިޔާ ޝައިޠާނަކު އިސްލާމް ދީނަށާއި ކީރިތި ޤުރްއާނަށް ފުރައްސާރަކުރަމުން ގޮސް މުޞަހަފެއްގެ ގަނޑުތައް ވަކިކޮށް އަލިފާން ރޯކޮށް އަންދަން ފެށުމުން ފުލުހުންގެ ކުރިމަތީގައި ނުކުމެ އެ ޝައިޠާނާ އާއި ކުރިމަތިލައި އެކަން ހުއްޓުވީ ޢުމަރު އިލްޔާސް ކިޔާ މީހެކެވެ.
ފަލަސްޠީނަށް ނިޞްބަތްވާ ޢުމަރު އިލްޔާސް ބުނީ މިފަދަ ޝައިޠާނުންގެ ކިބައިން އިސްލާމް ދީން ސަލާމަތް ކުރަން ބޭނުންވަނީ ތަްްވާވެރިކަން ކަމަށެވެ. އަދި އޭނާއަށް އެ ކމަށް ހިތްވަރު ލިބުނީ އޭނާގެ ތަޤްވާވެރިކަމުން ކަމަށެވެ. އަދި އޭނާގެ ތަޤްވާވެރިކަން އިތުރުކޮށްދެއްވެވުން އެދި ދުޢާކުރާ ކަމަށެވެ.

