އާމީޑިއާ ކައުންސިލަށް މެމްބަރުން އިންތިޚާބުކޮށްފި
ކުރިއަށް ދެ އަހަރަށް މޯލްޑިވްސް މީޑިއާ ކައުންސިލަށް އިންތިޚާބު ކުރަންޖެހޭ މެމްބަރުންގެ އިންތިޚާބު ބާއްވާ އިންތިޚާބު ކާމިޔާބުކުރެއްވި ފަރާތްތަކުގެ ނަންފުޅުތައް ހާމަކުރައްވައިފިއެވެ.
މީޑިއާ ކައުންސިލަށް މެމްބަރުން އިންތިހާބު ކުރަނީ މީޑިއާތަކުގެ މެދުގައި ނެގޭ ވޯޓަކުންނެވެ. މިގޮތުން މީޑިއާތަކުން 7 މެމްބަރުން އަދި އާންމުންގެ ތެރެއިން 6 މީހަކު އެ ކައުންސިލަށް އިންތިހާބު ކުރެއެވެ.
މިއަދު ކުރިޔަށް ދިޔަ އެމްއެމްސީގެ އިންތިހާބުގައި 187 މީޑިއާއަކުން ވޯޓްލައިފައިވެއެވެ. އެ ކައުންސިލްގެ ކުރިއަށް އޮތް ދައުރުގެ މެމްބަރުން ހޮވުމަށް ވޯޓުލާން 199 މީޑިއާއެއް ރަޖިސްޓްރީ ވެފައިވާއިރު، ވޯޓްލީ ފަރާތަކުގެ ތެރެއިން 18 މީޑިއާއެއްގެ ވޯޓު ވަނީ ބާތިލް ވެފައެވެ.
ބްރޯޑްކާސްޓް މީޑިއާ ފިޔަވައި އެހެން ހުރިހާ މީޑިއާއެއް ރެގިއުލޭޓު ކުރުމުގެ ބާރު ޤާނޫނުން ލިބިދީފައި އޮންނަނީ މީޑިއާ ކައުންސިލްގެ ކުރިއަށް އޮތް ދެއަހަރަށް ހޮވުނު ފަރާތްތައް ތިރީގައި އެވަނީއެވެ.
މީޑިއާ ކައުންސިލަށް އާންމުންގެ ތެރެއިން ހޮވުނު ފަރާތައް
ފާތިމަތު އަހްމަދު
އަންވަރު އިބްރާހިމް
އިބްރާހިމް ފައުޒީ
އަހްމަދު މޫސާ
ޝަފާތު ހަބީބް
މުހައްމަދު ޝަފާއުހަސަން
މީޑިއާ ކައުންސިލަށް މީޑިއާ ތަކުން ހޮވުނު ފަރާތައް
އަލީ ހުސެއިން (ޕީއެސްއެމް)
މުއިއްޒު އިބްރާހިމް (މިހާރު)
އާދަމް ނަޒީރު (ހަތާވީސް)
ހުސެއިން ސަގީފް (ތިލަދުން)
ސަހުބާން ފަހުމީ (ސަންގު)
އާދަމް ނަވާޒް (ވަގުތު)
ހަސަން ޝާކިރު (އަސްދަނޑި)
