ޚަބަރު

ފުލުހުންގެ ތެރެއިން 43 މީހަކު ބްލެކްމެއިލް ކުރަމުން ދާކަމަށް ނަޝީދު ތުހުމަތު ކުރައްވައިފި

ފުލުހުންގެ ތެރޭގައި އޮންނަ ކަމަށް ބުނާ ބްލެކްމެއިލް ރިންގުން43 މީހެއްގެ ފޮޓޯ ނަގައި ބްލެކްމެއިލް ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފި އެވެ.

ނަޝީދު މިހެން ތުހުމަތު ކުރެއްވި ނަމަވެސް ، ބްލެކްމެއިލް ރިންގެއް ހިންގާ ކަމުގެ ތުހުމަތު، ފުލުހުން ދޮގުކުރި އެވެ. އެފަދަ ކަމެއް ފުލުހުންގެ ތެރޭގައި ހިންގާ ކަމެއް މިހާތަނަށް ތަހުގީގަކުން އެނގެން ނެތް ކަމަށް ފުލުހުން މީޑިއާގައި ބުނެފައި އެވެ.

ނަޝީދު މިއަދު އެމްޑީޕީގެ ގްރޫޕަކަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ފުލުހުންގެ ތެރޭގައި ބްލެއިކް މެއިލް ރިންގެއް ހިންގާތާ ދެ އަހަރު ވެއްޖެ ކަމަށެވެ. ނަޝީދު ވިދާޅުވީ އެ ރިންގުން43 މީހެއްގެ ފޮޓޯ ނަގާފައިވާ ކަމަށާއި އެއީ ސަރުކާރު ހިނގާ ގޮތް ކަމަށެވެ.

އެމަނިކުފާނު ތުހުމަތު ކުރެއްވި ގޮތުގައި ސަރުކާރު ހިންގަނީ ބްލެކްމެއިލްކޮށްގެން ނުވަތަ ލާރި ދީ ގަނެގެންނެވެ.

ނަޝީދު އިއްޔެ ވަނީ ފުލުހުންގެ މުއައްސަސާ އިސްލާހު ނުކުރެވުނު ކަމަށް ވިދާޅުވެ ވެސް ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުގައި ނާޒިމް “ކަތިލީ” އެމަނިކުފާނު ގުޑުވާލުމަށެވެ. އެކަމަކު އެކަމެއް ނުކުރެއްވޭނެ ކަމަށާއި މަޖިލިސް މެމްބަރުން ވެސް ހަވަރަށް ދިނުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ، މެމްބަރަކު އެއްވެސް މައްސަލައެއްގައި ފުލުހަށް ހާޒިރުކުރާ ނަމަ އެކަން އަންގައިދޭން އެދި ފުލުސް އޮފީހަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close