ޚަބަރު

ކޮވިޑު ގެ ފްރަންޓްލައިންގައި މަސައްކަތް ކުރި ޑޮކްޓަރަކު އެބަލީގައި މަރުވެއްޖެ

ކޮވިޑު ގެ ފްރަންޓްލައިންގައި ހީރޯ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރި ސްވިޑަންގެ ޑޮކްޓަރަކު ބަލީގައި މަރުވެއްޖެއެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ފްރަންޓްލައިންގައި ތިބި ޕޭޝަންޓުންނަށް ފަރުވާ ދެމުން ދަނިކޮށް މަރުވި ޑރ އިރުފާން ހާލިމް މަރުވީ ވައިރަސްއާ ގުޅިގެން ނުވަ ހަފުތާވަންދެން ހޮސްޕިޓަލްގައި އެޑްމިޓްވެގެން އޮތުމަށްފަހު އާދީއްތަ ދުވަހު ސައުތު ކެންސިންގްޓަންގެ ރޯޔަލް ބްރޮމްޕްޓަން ހޮސްޕިޓަލުގަ އެވެ.

އެއީ ސްވިންޑަން ހޮސްޕިޓަލުގެ ކޮވިޑު އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ) ވޯޑުތަކުގެ މަސައްކަތް އޭނާ ކުރިތާ ދެ މަސް ފަހުންނެވެ.

ޑރ ހާލިމް އަކީ ވޯޑުތަކުގައި ހޭދަކުރެއްވި މުއްދަތުގައި ހުރިހާ ވަގުތެއްގައިވެސް ފުރިހަމައަށް ވެކްސިން ޖައްސަވައި، ފުލް ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އަޅުއްވައިގެން ހުންނެވި ޑޮކްޓަރެކެވެ.

ސްވިންޑަންގައި އައިސީޔޫގައި އެތައް ހަފުތާއެއް ހޭދަކުރެއްވުމަށްފަހު، ޑރ ހާލިމް ރޯޔަލް ބްރޮމްޕްޓަންއަށް ބަދަލުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އޭނާ މަރުވީ އޭނާގެ އަންހެނުން ސާއިލާގެ އަތްދަނޑި މައްޗަށް ކަމަށާއި އޭނާ އަކީ އަޅުކަންތައް ފަރުވާ ބަހައްޓާ ދީނަށް ލޯބި ކުރާ މީހެއް” ކަމަށް ބުނެ އޭނާގެ އަންހެނުންނާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

25 އަހަރުގެ މެޑިކަލް ކެރިއަރުގައި ތަފާތު އެކި ޕްރެކްޓިސްތަކުގައި މަސައްކަތްކުރެއްވި ކޮންސަލްޓަންޓް ޖެނެރަލް ސާޖަން ޑރ ހާލިމް އަށް ރައްޓެހިންނާއި، އާއިލާގެ މެމްބަރުންގެ ތައުރީފާއި، ހަމްދަރުދީ ފާޅުކުރަމުން ދަނީ ހައްދެއް ނެތް މިންވަރަށެވެ.

ލެޕަރޮސްކޯޕިކް ސާޖަރީއަށް ސްޕެޝަލައިޒްވެ، މަޝްހޫރުވެފައިވާ ހާލިމް އަކީ ކްލިނިކްތަކުގައި މަސައްކަތް ކުރުމުގައި ގިނަ ވަގުތު ހޭދަކޮށްފައިވާ ޑޮކްޓަރެކެވެ.

އޭނާގެ ހިތާމަވެރި މަރުގެ ހާދިސާ ހިނގާފައިވަނީ އޭނާގެ ބައްޕަ ކަމާލް ވެސް ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަނިކޮށް މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ކޮވިޑުބަލީގައި ނިޔާވިތާ މަދު ހަފުތާތަކެއް ފަހުން ކަމަށް އާއިލާގެ ގާތް ރަހުމަތްތެރިން ބުނެ އެވެ.

އަދި އޭނާ ވަޅުލައި ޖަނާޒާގެ ކަންތައް ކުރިއަށް ގެންގޮސްފައިވާއިރު އޭނާގެ ދަރިފުޅު ރޯޔަލް ބްރޮމްޕްޓަންވެސް އޮތީ އައިސީޔޫގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close