ޚަބަރު

ޑްރަގާއި ގޭންގުތަކާއި ދެކޮޅަށް ކުރާ މަސައްކަތުގައި ފަހަތަށް ނުޖެހޭނަން: އިމްރާން

މަސްތުވާތަކެއްވާއި ގޭންގުތަކާއި ދެކޮޅަށް ކުރާ މަސައްކަތުގައި ފަހަތަށް ނުޖެހޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެވެ. އެއީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އިމްރާން ވިދާޅުވީ ޑްރަގްގެ ބޮޑެތި ނެޓްވޯކްތަކާއި ސިޔާސީ ބޭފުޅުންނާއި ވިޔަފާރިވެރިންނާއި ގައުމުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވާ ކަމަށެވެ. މިނިސްޓަރު އިމްރާން ވިދާޅުވީ އެއްވެސް މީހަކާ އަރާ ހަމަކުރުމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

އެގޮތަށް ވިދާޅުވީ ޑްރަގް ޓްރެފިކް ކުރުމުގެ ކުށުގައި ދިގު މުއްދަތަށް ޖަލަށް ހުކުމްކޮށްފައި ތިބި ގިނަ ބަޔަކު އިމްރާންގެ ބައިވެރިވުމާއި އެކު އަދަބު ލުއިކޮށް ޖަލުން މިނިވަންވެފައިވާކަމަށް ދެކެވޭ ވާހަކަތާއި ގުޅޭގޮތުން ސުވާލު ކުރެއްވުމުންނެވެ.

މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެއްޗާއި ގޭންގްތައް ހިންގުމުގެ ކުށުގައި ބައިވެރިވާ ފަރާތްތަކުން އެ ފަރާތްތަކަށް ލިބެންޖެހޭ އަދަބަށް އޭނާގެ ފަރާތުން ނުލިބޭނެ ކަމަށެވެ. އަދި އެފަދަ ކުށުގައި ބައިވެރިވާ މީހުންގެ އަދަބު ލުއި ނުކުރާނެ ކަމަށެވެ.

އިމްރާން ވިދާޅުވީ ގޭންގްތަކާއި ޑްރަގް ޓްރެފިކިންގެ މައްސަލަތަކަކީ އެކަމާ އަޅާނުލާ ދޫކޮށްލާނެ ކަމެއް ނޫން ކަމަށެވެ.

އިމްރާން ވިދާޅުވީ މައްސަލަތައް ހައްލުކުރުމަށް ފުލުހުންނާއެކު ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި ދާދިފަހުން ހިނގާފައިވާ ބޮޑެތި މައްސަލަތައް އިތުރަށް ދިރާސާކުރަމުން ގެންދާ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close