ޚަބަރު

ޤައުމީ ޓީމުން ދެއްކި ހިތްވަރަށް ރައީސް ތަޢުރީފު ކުރައްވައިފި

އުރީދޫ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ޤައުމީ ޓީމުން ދެއްކި ހިތްވަރަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ތަޢުރީފު ކުރައްވައިފިއެވެ.

ރާއްޖޭގެ ޤައުމީ ޓީމުން ދެއްކި ހިތްވަރު ފާހަގަކުރައްވައި ރައީސް މިއަދު ވިދާޅުވީ މި ފަހަރުގެ މުބާރާތުގައި ޤައުމީ ޓީމުން ދެއްކި މޮޅު ކުޅުމާއި އާދަޔާއި ޚިލާފު ރޫހަށް ތަޢުރީފު ޙައްޤު ކަމަށެވެ. އޭގެ އިތުރުން ދަނޑުމަތީގައްޔާއި، ދަނޑުން ބޭރުގައި ވެސް ޤައުމީ ޓީމުން ދެއްކީ ފުރިހަމަ ނަމޫނާ ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ މި ފަހަރުގެ މުބާރާތް ކާމިޔާބުކުރެވޭ ގޮތް ނުވި ނަމަވެސް، މުސްތަޤުބަލުގައި ޓީމު އިތުރަށް ވަރުގަދަވެގެންދާނެކަމުގެ ޔަޤީންކަން އެބައޮތްކަން ވެސް ފާހަގަކުރައްވާފައެވެ.

މި މުބާރާތް ފެށުމުގެ ކުރިން ވެސް ރައީސް ވަނީ ޤައުމީ ޓީމަށް ހިތްވަރުދެއްވާފައެވެ. ހަމައެހެންމެ އެ މަނިކުފާނު ވަނީ މި މުބާރާތުގައި ޤައުމީ ޓީމު ކުޅުނު ހުރިހައި މެޗެއް ބައްލަވައިލައްވަން ގަލޮޅު ދަނޑަށް ވެސް ވަޑައިގެންފައެވެ.

މި މުބާރާތުގައި ރޭ އިންޑިއާއާއި ރާއްޖެ ބައްދަލުކުރި މެޗުން ރާއްޖެ ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. އެ ގޮތުން ފައިނަލަށް ދިއުމުގެ ފުރުސަތު ރާއްޖެއަށް ވަނީ ގެއްލިފައެވެ.

މި މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކުރާނީ އިންޑިއާއާއި ނޭޕާލެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close