ޚަބަރު

ވިލިމާލޭގައި އެމްޓީސީސީން ދެމުންދާ ޓެކްސީގެ ހިދުމަތަށް ބޮޑު ތަރުހީބެއް؛ ދުވާލަކު 100 އަށްވުރެ ގިނަ ދަތުރު

މާލެ ސިޓީގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ދިމާވެފައިވާ ޓެކްސީގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިލިމާލޭގައި ފެށި “މާލެ ޓެކްސީ ލައިން” އަށް އެ އަވަށުގެ ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބެމުންދާއިރު، މިހާރުވެސް އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 100 އަށްވުރެ ގިނަ ދަތުރު ކުރަމުންދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެމްއެމްޓީވީގެ “ބޮޑު ޚަބަރު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓުގެ މެނޭޖަރު މުހައްމަދު ނަޝްމީ ވިދާޅުވީ، މީގެ ކުރިން ވިލިމާލޭގައި މިފަދަ ހިދުމަތެއް ނެތުމުގެ ސަބަބުން އާންމުންނަށް، އުމުރުން ދުވަސްވީ ބޭފުޅުންނާއި އެއާޕޯޓަށް ފުރަންދާ ފަރާތްތަކަށް ބުރަ އުފުލަންޖެހުނު ކަމަށެވެ. ނަމަވެސް، ހެޔޮ އަގެއްގައި ފެށި މި ހިދުމަތާއެކު އާންމުންގެ އާންމު ދިރިއުޅުމަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންގޮސްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ވިލިމާލޭގައި ފެށި މި ހިދުމަތް މިވަގުތު ފޯރުކޮށްދެމުންދަނީ ޖުމްލަ ހަތަރު ކާރު ބޭނުންކޮށްގެންނެވެ.

ގްރޭޓާ މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ފަރުމާކުރި “މާލެ ޓެކްސީ” ގެ ހިދުމަތް އެމްޓީސީސީން އެންމެ ފުރަތަމަ އިފްތިތާހުކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އަދި އޭޕްރީލް 2 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރަސްމީކޮށް އިފްތިތާޙުކުރެވުނު މި ހިދުމަތް، 150 ކާރާއެކު މުޅި 24 ގަޑިއިރު އަންނަނީ ފޯރުކޮށްދެމުންނެވެ.


Surukhee (Dhivehi & Latin):

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close