ބޯޑަރު އަލުން ހުޅުވާލިފަހުން މާފަރު އެއަރޕޯޓަށް 10 ޖެޓް ޖައްސައިފި
ކޮވިޑް-19 އާ ގުޅިގެން މާރޗް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު ޖުލައި މަހުގެ 15 ވަނަ ދުވަހުބޯޑަރުތައް އަލުން ހުޅުވާލިފަހުން މިހާތަނަށް މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުން 10 ޖެޓަކަށް ހިދުމަތް ދީފައިވާ ކަމަށް ޤައުމީ އެއަރލައިން މޯލްޑިވިއަން އިން ބުނެފިއެވެ.އެވެ.
ނ. މާފަރަށް ގައުމީ އެއަރލައިން މޯލްޑިވިއަންގެ ދަތުރުތައް ފަށާ، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ރަސްމީކޮށް ހުޅުވާފައިވާއިރު އެއަރޕޯޓު ތަރައްޤީކޮށްފައިވަނީ، އެންމެ ބޮޑެތި މަތިންދާ ބޯޓުތައް ކަމަށްވާ އެއަރ ބަސް އޭ 320 އާއި، ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށެވެ.
މާފަރު އެއަރޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫ އަށް ޖުމުލަ 60 މިލިއަން ޑޮލަރު ޚަރަދުވިއެވެ. މިއީ އަބޫދާބީ ހިލޭ އެހީގެ ދަށުން ހިންގި މަޝްޜޫޢެކެވެ.

