ޕްރޮސެކިއުޓަރ ޖެނެރަލަކަށް ޝަމީމް އައްޔަންކުރުމަށް މަޖިލީހުން ފާސްކޮށްފި
ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ، ކުރިންވެސް ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްކަން ކުރައްވާފައިވާ ޙުސެއިން ޝަމީމު ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ޕީޖީގެ މަޤާމަށް ޝަމީމް އައްޔަން ކުރެއްވުމަށް މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 74 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. ޕީޖީގެ މަޤާމަށް ޝަމީމް އައްޔަން ކުރެއްވުމަށް ފެންނަކަމަށް ވޯޓް ދެއްވީ 74 މެމްބަރުންނެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއް ނުވެއެވެ.
ޝަމީމްއައަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ ޤާނޫނީ ވަކީލުންގެ ތެރޭގައިވެސް ހިމެނިވަޑައިގެންނަންނަވާ ބޭފުޅެކެވެ. އޭނާއަކީ އިސްލާޙަށް މަސައްކަތް ކުރެއްވުމުގައި އެތައްގޮތަކަށް އަޑުއުފުއްލަވަމުން ގެންދަވާ ބޭފުޅެކެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ކުރިން ހުންނެވި އައިޝަތު ބިޝާމް މިދިޔަ މަހުގެ 28 ވަނަ ދުވަހު މަޤާމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.


