ޚަބަރު

ސިގިރޭޓް ބޮޑުވައްކަން، ބޮޑު ދެ ވިޔަފާރުވެރިން ހިމެނޭހެން 10 މީހެއްގެ މައްޗަށް ދައުވާކޮށްފި

މޯލްޑިވްސް ކަސްޓަމްސްއިން ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ހިފަހައްޓާފައިހުރި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި 10 މީހެއްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާކޮށްފި އެވެ. މި ދައުވާތައް މިހާރު ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ.

ދައުވާ އުފުލުނު މީހުންގެ ތެރޭގައި އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ހިމެނެ އެވެ. މީގެ އިތުރުން ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ މުޢާޒު ޢަލީގެ މައްޗަށް ވެސް ވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުމާއި ބައިވެރިވުމުގެ ދައުވާ އުފުލާފައެވެ.

ސިނގިރޭޓުތައް ހިފެހެއްޓުނީ ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި، ޕުލައިވުޑް ޝިޕްމެންޓެއްގެ ތެރެއިންނެވެ. މި މައްސަލައިގެ ތަހުގީގަށް 19 މީހަކު ފުރުން މަނާކޮށް، ފަސް އުޅަނދެއް ބަލައިފާސްކޮށް، މާލެ، ހުޅުމާލެ އަދި ތިލަފުށީގެ 21 ތަނެއް ވަނީ ބަލައިފާސްކޮށްފައެވެ. ޕީޖީން ވަނީ ކުށުގެ ޢަމަލުގެ ޒާތާއި ބާވަތަށް ރިޢާޔަތްކޮށް އެންމެ މަތީ އަދަބެއް ކަނޑައަޅައިދިނުމަށް ކޯޓުގައި އެދޭނެ ކަމަށް ބުނެފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close