ޚަބަރު

ފިޝަރީޒް މިނިސްޓަރުގެ އިތުބާރު ނެތް މައްސަލަ މަޖްލީހަށް ވައްދައިފި

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ރައްޔިތުންގެ މަޖްލިސްގެ ތަޅުމަށް މިއަދު ހުށަހަޅައިފިއެވެ.

ޒަހާގެ މައްސަލަ މަޖްލީހަށް ވަށްދާފައިވާއިރު އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގައި ހިމެނޭ ނުވަ މެންބަރުންވެސް ވަނީ އެ ޤަރާތުގައި ސޮއިކޮށްފައެވެ. އަދި އޭގެ އިތުރުން ޒަހާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ގަރާރުގައި ސޮއިކުރައްވާފައިވަނީ ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

ޒަހާގެ އިތުބާރު ނެތް ކަމަށް ސޮއިކުރެއްވި މެންބަރުން

އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް

ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން

މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު

ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ

ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް

މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް

ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

ގާނޫނު އަސާސީގައި އޮންނަ ގޮތުން ވަޒީރެއްގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވެއްދޭނީ 10 މެންބަރުންގެ ސޮޔާއެކުގައެވެ. އަދި ވަޒީރުގެ އިތުބާރު ނެތް ކަމަށް ފާސްވާނީ ޖުމުލަ މެންބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މިހާރު މަޖިލީހުގައި 87 މެންބަރުން ތިއްބަވާއިރު އެއީ 44 މެންބަރުންގެ ވޯޓުންނެވެ.

ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އިސްވެ ހުންނަވާ އުފެއްދެވި އެމްއާރުއެމްގެ ސްލޮޓެއްގައި ވަޒީރު ކަމުގައި ހުންނެވި ބޭފުޅެކެވެ.

ޒަހާގެ އިތުބާރު ނެތް މައްސަލަ ވައްދާފައިވަނީ ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތަކަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދި މަސްވެރިންނަށް ވުޒާރާއިން ދޭން ޚިދުމަތްތައް ދިނުމުގައި ލަސްވުން ފަދަ ކަންކަން ކުރިމަތިވާ ކަމަށް ބުނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close