ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ޕްރިންސިޕަލް ދޫކޮށްލައިފި

މަސްތުވާތަކެތި ގެންގުޅުނުކަމަށް ތުހުމަތުކުރެވިގެން މިމަހުގެ 13 ވަނަދުވަހު ހައްޔަރުކުރި ނ.މާޅެންދޫ ސްކޫލްގެ ޕްރިންސިޕަލް ދޫކޮށްލައިފިއެވެ.

ޕްރިންސިޕަލްދޫކޮށްލީ އޭނާ ބަންދުގައި ބަހައްޓައިގެން މައްސަލަ ތަޙްޤީޤު ކުރުމަށް ކޯޓުން ދިން 7 ދުވަސް ހަމަވެގެން އިތުރު މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުންނެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ޕްރިންސިޕަލްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މުއްދަތުޖަހަން މިއަދު ގެންދިޔައީ ނ.ހެނބަދޫކޯޓަށެވެ. ހެނބަދޫކޯޓުން މެޖިސްޓްރޭޓް އިތުރު މުއްދަތުޖަހައިނުދީ ދޫކޮށްލީ އިތުރަށް ބަންދުގައި ބެހެއްޓުމަށް އެކަށީގެންވާ ހެއްކެއް ދެއްކިފައި ނުވާތީއެވެ.

ޕްރިންސިޕަލްގެ ވަރަށް ގާތް ބޭފުޅަކު އެކަމާގުޅޭގޮތުން ނާރެސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު ކޯޓަށް ދިޔަ އިރު ޕްރިންސިޕްލްގެ ފަރާތްޕުޅުން ވަކީލަކުވެސް ހަމަޖްސާފައިވާނެކަމަށެވެ. ކޯޓްގައި ވަކާލާތުކުރެއްވީ ވަކީލުކަމަށާއި ދެފަރާތުގެ ވާހަކަ ތައް އަޑުއެއްސެވުމަށްފަހު ޤާޟީ އެގޮތަށްނިންމެވީކަމުގައި އޭނާ ވިދާޅުވިއެވެ.

ނ.މާޅެންދޫ ސްކޫލްގެ ޕްރިންސިޕަލް މާޅެންދޫ ހައްޔަރުކުރީ 5 ގްރާމް މަސްތުވާތަކެތި އޭނާއަތުން ފެނިގެން ކަމަށް ފުލުހުން ވަނީ ކުރިން ބުނެފައެވެ. ނަމަވެސް އެއީ މާލޭގައި ހުރި މީހަކު ފޮނުވި ފޮށިގަނޑެގައި ހުރި ޓްރޮފީތަކެއްގައި ރައްކާކޮށްފައި ހުރި އެއްޗެއްކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި މާޅެންދޫ ޕްރިންސިޕަލް ހައްޔަރުކޮށް ސުވާލުކޮށްފައި ވީނަމަވެސް މީގެ ކުރީން އެއްވެސް އިރެއްގައި އޭނާގެ މައްޗަށް އެފަދަ ތުހުމަތެއް ކުރެވިފައިނުވާކަމަށް މާޅެންދޫން ވާހަކަ ދެއްކި ވަރަށްގިނަމީހުން ވަނީ ބުނެފައެވެ.

އެހެންކަމުން މިކަމަކީ ޕްރިންސިޕަލް ފްރޭމްކޮށް ލަނޑެއްދިނުމުގެ ގޮތުން ބަޔަކު އަޑީގައި ތިބެގެން ރޭވިރޭވުމެއްކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.  

އެއް ކޮމެންޓް

    1. kaaku kaley kairy buny eiy masthuwaa ehchehi boameehey. frame kohggen e ulhuwany atholhu raees ey kiyaigen ulhey shaheedhu kamah belewey. adhi eynaayaki masthuwaa ehchehi vihkkumaa beynun kuruma kurin master eh. adhi boigen bolurodhi gos baliwegen huhttaaly. miwes thedhu

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close