ޚަބަރު

އައްޑޫގެ އިޤްތިޞާދީ ބިޒްނަސް ފޯރަމަށް ބޮޑު ތަރުހީބެއް: 500 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފި

އައްޑޫ ސިޓީއަކީ ވިޔަފާރިވެރިންގެ މަރުކަޒެއްގެ ގޮތުގައި ތަރައްޤީކޮށް، އެ ސިޓީގެ އިޤްތިޞާދަށް ހަލުވި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ބާއްވާ ބިޒްނަސް ފޯރަމްގައި ބައިވެރިވުމަށް 500 އަށްވުރެ ގިނަ ފަރާތުން ރަޖިސްޓްރީކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ބާއްވާ ވަރަށް މުހިންމު ފޯރަމެއް ކަމަށެވެ.

މި ފޯރަމްގެ މައިގަނޑު ބޭނުމަކީ ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކާއި އެފަރާތްތަކުން އެންމެ ބޭނުންވާ ކަންކަން ދެނެގަތުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ އައްޑޫ ސިޓީއަށް ހަލުވި ތަރައްޤީއެއް ގެނައުމަށްޓަކައި 2027 އިން 2029 އަށް ޚާއްސަ އިނާޔާތްތަކެއް ދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށާއި، މި ފޯރަމަކީ އެކަންކަން ފެށުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ވަޒީރުންގެ މަޖިލީހުގައި މިކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައިވާއިރު، ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމުގެ އިތުރުން ރީޓެއިލް ދާއިރާއަށް ޚާއްސަ ކަންތައްތަކެއް ކޮށްދީގެން އައްޑޫއަށް އިޤްތިޞާދީ ކުރިއެރުން ގެނެވޭނެ ގޮތްތައް ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި މަހާސިންތާގެ ތެރެއިން ވިޔަފާރިތަކަށް އެންމެ ރަނގަޅު ނަތީޖާ ނެރެވޭނެ އިނާޔާތްތައް ދެނެގަނެ، އަމަލީ މަސައްކަތް ފެށިގެންދާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close