ޚަބަރު

މަސައްކަތްތެރިންގެ ޤުރުބާނީ ބަލައިގަންނަން ޖެހޭ: ފަސްޓް ލޭޑީ ސާޖިދާ

ދިވެހި މަސައްކަތްތެރިން ވަމުންދާ ބޮޑު ޤުރުބާނީ ބަލައިގަންނަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ މެދުވެރިކޮށް ދެއްވި މެސެޖެއްގައި އެކަމަނާ ވަނީ ދިވެހި މަސައްކަތްތެރިންނަކީ ބުރަ މަސައްކަތްތަކެއް ކުރާ، އެންމެންގެ އިޚްތިރާމް ލިބިގެންވާ ބައެއްކަން ފާހަގަކުރައްވާފައެވެ.

ފަސްޓް ލޭޑީގެ ވާހަކަފުޅުގައި، މަސައްކަތްތެރިން ދައްކަވާ ހިތްވަރު އަބަދުވެސް ފާހަގަކުރައްވާނެ ކަމަށާއި، ރާއްޖޭގެ އަލިގަދަ މުސްތަޤުބަލެއް ބިނާކުރުމަށް އެ ފަރާތްތަކުން ކުރާ މުހިއްމު މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. މިއަދަކީ މަސައްކަތްތެރިންގެ އަގުވަޒަންކޮށް، އެމީހުންގެ ޙައްޤުތައް ކަށަވަރުކުރުމަށް ބާރުއެޅުމުގެ ގޮތުން ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ދުވަހެކެވެ.

ކޮންމެ އަހަރެއްގެ މޭއި މަހުގެ 1 ވަނަ ދުވަހު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހަކީ، މަސައްކަތުގެ މާޙައުލުގައި ހުރި ގޮންޖެހުންތައް ނައްތާލައި، މަސައްކަތްތެރިންނަށް ހިތްވަރު ދިނުމަށް ޚާއްޞަ ކުރެވިފައިވާ ދުވަހެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުންވެސް އަންނަނީ މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close