ޚަބަރު

ސައްހަނޫން ޓްރާންސްފަރ ސްލިޕެއް ފޮނުވި ކަމަށް ބުނާ މީހަކު ހޯދަނީ

މާލޭގެ ފިހާރައަކުން ވިޔަފާރިކުރުމަށްފަހު ސައްހަނޫން ޓްރާންސްފަރ ސްލިޕެއް ފޮނުވި ކަމަށް ބުނާ މައްސަލައެއްގައި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

އެމީހާގެ ވިޑީއޯވެސް އާންމުކޮށްފައިވާއިރު ފުލުހުން ވިދާޅުވީ، ވީޑިއޯއިން ފެންނަ މީހާއަކީ ފިހާރައަކަށްވަދެ އެފިހާރައިން މުދާ ގެންގޮސް ސައްހަނޫން ޓްރާންސްފަރ ސްލިޕެއް ފޮނުވާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއްކަމަށެވެ.

މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ.

ސައްހަނޫން ޓްރާންސްފަރ ސްލިޕް ފޮނުވައި، މަކާރާއި ހީލަތުން މުދާ ހޯދާ މައްސަލަތަކަށް މިފަހަކަށް އައިސް ވަރަށް ބޯޑަ އިތުރުވެފައިވާތިޥެ. މިހާރަށްވުރެ ބޮޑަށް ސަމާލުކަންދިނުމަށް ފުލުހުން މީގެ ކުރިން ވަނީ އިލްތިމާސްކޮށްފިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close