ޚަބަރު

މީހެއްގެ ގައިގާ ޓެގު އެޅުވުމުގެ ކުރިން އެކުށެއް އެމީހެއްގެ މައްޗަށް ޘާބިތުވޭތޯ ބަލަންޖެހޭނެ – ސަލަފްގެ ރައީސް

މީހެއްގެ ގައިގާ ޓެގު އެޅުވުމުގެ ކުރިން އެކުށެއް އެމީހެއްގެ މައްޗަށް ޘާބިތުވޭތޯ ބަލަން ޖެހޭނެކަމަށް ޖަމްޢިއްޔަތުއް ސަލަފުގެ ރައީސް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދިވެހި ނޫހެއްގައި ލިޔެފައިވާ ޚަބަރެއްގެ ސުރުޚީ ސޯޝަލް މީޑިޔާގައި ހިއްސާކުރައްވަމުން މިއަދު ކުރެއްވި ޓްވިޓެއްގައި ޖަމްޢިއްޔަތުއް ސަލަފުގެ ރައީސް ވިދާޅުވީ ” ރައްޔިތަކުގައިގާ “ޓެރަރިސްޓް” ޓެގު އެޅުވުމުގައި، އެމީހެއްގެ މައްޗަށް ޓެރަރިޒަމް ޘާބިތުވެފައިވޭތޯ ބެލުން ވ.މުހިއްމު. ނުރުހެވޭ ލަގަބުތަކުން މީހުން ފާހަގަ ކުރުމަކީ ، އޭގެ ނޭދެވޭ އަސަރު އިޖްތިމާޢީ ފޭރާމަށް ކޮށްފާނެ ކަމެއް. މިއީ ހުރިހާ ދާއިރާއެއްގައި ގެންގުޅުން މުހިއްމު މިންގަޑެއް. ” ކަމަށެވެ.

ޝައިޚް މިފަދައިން ފާހަގަކުރައްވާފައިވާއިރު، ދިވެހި މުޖުތަމަޢުގައި މީހެއްގެ މައްޗަށް ތުހުމަތެއް ކުރެވޭ ހިސާބުން އެމީހަކީ އެ ތުހުމަތު ކުރެވުނު ކަން ކޮށްފައިވާ މީހެއްކަމަށް މުޖުތަމަޢުގެ ގިނަ އަފުރާދުން ދެކެމުންދެއެވެ. އަދި ގިނަ ނޫސްތަކުން އެ ޚަބަރު ގެނެސްދެނީވެސް އެފަދަ މޭރުމަކުންކަން ފާހަގަކުރެވެއެވެ.

މީހެއްގެ މައްޗަށް ތުހުމަތެއް ކުރެވިދާނެކަމަށާއި އަދި ތުހުމަތެއް ކުރެވުމަކީ އެއީ ކުށްކޮށްފައިވާމީހެއްކަން ޝަރީޢަތަށް ސާބިތު ނުވާހާ ހިނދަކު ނުބުނެވޭނެކަމަށް ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގައިވެސް ބުނެފައިވެއެވެ.

މިހާރަކަށް އައިސް ޚާއްޞަކޮށް ދީނީ ޢިލްމުވެރިންނަށާއި ދީނީ ދަޢުވަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށާއި ދީނީ ތަޢުލީމް ދެއްވާ ޓީޗަރުންނަށް ތަފާތު ތުހުމަތުތައް ކުރުން ދިވެހި މުޖުތަމަޢުގައިވަނީ ޢާއްމުވެ އާދައިގެ ކަމަކަށްވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close