ބޭރުދުނިޔެ

އައި.އާރު.ޖީ.ސީ ގެ އިންޓެލިޖެންސް ވެރިޔާ އަވަހާރަކޮށްލައިފި ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި

އީރާނުގެ ވަރުގަދަ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ އިންޓެލިޖެންސް އިދާރާގެ އިސްވެރިޔާ، “އެމެރިކާ އާއި ޒަޔަނިސްޓު (އިސްރާއީލު) ދުޝްމަނުން ދިން ނިރުބަވެރި ހަމަލާއެއްގައި” ހޯމަ ދުވަހު އަވަހާރަކޮށްލާފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން، ރިވޮލިއުޝަނަރީ ގާޑްސްއާ ހަވާލާދީ ރިޕޯޓްކޮށްފިއެވެ.

އެމެރިކާ އާއި އިސްރާއީލުން ދެމުންގެންދާ ވައިގެ ހަމަލާތަކުގައި އަވަހާރަކޮށްލި އީރާނުގެ މުހިންމު ޝަޚްސިއްޔަތުތަކުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަޖީދު ޚާދިމީ މި މަގާމާ ހަވާލުވެވަޑައިގަތީ، އޭނާގެ ކުރިން އެ މަގާމުގައި ހުންނެވި ބޭފުޅާ އިސްރާއީލުގެ ހަމަލާއެއްގައި އަވަހާރަކޮށްލުމާ ގުޅިގެން 2025 ވަނަ އަހަރުއެވެ.

މަޖީދު ޚާދިމީއަކީ އީރާނުގެ ސަލާމަތީ ބާރުތަކުގެ ތެރޭގައި އިންޓެލިޖެންސް އަދި ޖާސޫސުންނާ ދެކޮޅަށް މަސައްކަތްކުރާ ދާއިރާތަކުގައި އެތައް އަހަރެއްވަންދެން ޚިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

މި މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން، އޭނާ ހުންނެވީ ރިވޮލިއުޝަނަރީ ގާޑްސްގެ އިންޓެލިޖެންސް ޕްރޮޓެކްޝަން އޯގަނައިޒޭޝަންގެ ވެރިޔާގެ މަގާމުގައެވެ. އެއީ މުއައްސަސާގެ އެތެރޭގެ ކަންކަން ބަލަހައްޓައި، ބޭރުގެ ޖާސޫސީ ނުފޫޒުތަކުން ރައްކާތެރިވުމަށް މަސައްކަތްކުރާ އިދާރާއެކެވެ. މީގެ އިތުރުން އޭނާ ވަނީ އީރާނުގެ ޑިފެންސް މިނިސްޓްރީގެ އިސް މަގާމުތަކެއްވެސް ފުރުއްވާފައެވެ.

އައި.އާރު.ޖީ.ސީގެ އިންޓެލިޖެންސް ގޯތްޕަކީ އީރާނުގެ ސަލާމަތީ ނިޒާމުގެ ތެރޭގައި ހިމެނޭ އެންމެ ބާރުގަދަ އެއް މުއައްސަސާއެވެ. ބޭރުގެ ނުފޫޒުތަކާ ދެކޮޅަށް ގައުމުގެ އެތެރޭގެ މަސްލަހަތު ހިމާޔަތްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ މި އިދާރާއަކީ، ގައުމުގެ މަދަނީ އިންޓެލިޖެންސް މިނިސްޓްރީއާ އެއްފަދަ ބާރުތަކެއް ލިބިގެންވާ، ވަކިން ހަރަކާތްތެރިވާ މުއައްސަސާއެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close