ބޭރުދުނިޔެ

އިސްރާއީލުން ގާޒާއަށް މިސައިލް ހަމަލާތަކެއް ދީފި

އިސްރާއީލް ސިފައިން ފަލަސްތީނުގެ ގާޒާއަށް މިސައިލް ހަމަލާތަކެއް ދީފި އެވެ.

ރޭ ދަންވަރު ދިން މި ހަމަލާތަކަކީ ބަދަލު ހިފުމެއް ކަމަށް އިސްރާއީލްގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. އެ ބަޔާނުގައި ބުނީ ހަމަލާ އަމާޒު ކުރީ ގާޒާގައި ހުންނަ ހަމާސް ޖަމާއަތުގެ ހަތިޔާރު އުފައްދާ ފެކްޓްރީއަކަށް ކަމަށެވެ.

މި ހަމަލާގައި މިހާތަނަށް މީހަކަށް އަނިޔާއެއް ވެފައިވާ ކަމުގެ ރިޕޯޓު ލިބިފައި ނުވާކަމަށް ފަލަސްތީން ހެލްތް މިނިސްޓްރީން ބުނެފައިވެ އެވެ.

އިސްރާއީލުން މި ހަމަލާ ދީފައިވަނީ ހަމާސް ޖަމާއަތުން އެ ގައުމުގެ ދެކުނުގެ ސަރަހައްދަކަށް ރޮކެޓު ހަމަލާއެއް ފޮނުވާލިތާ ގަޑިއިރެއްހާއިރު ތެރޭގައި ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close