ޔޫކްރޭނާއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ރަޝިޔާ އޮތީ ތައްޔާރަށް: މޮސްކޯ
ޔޫކްރޭނާއެކު ސުލްހައިގެ މަޝްވަރާތައް އަލުން ފެށުމަށް ތައްޔާރަށް އޮތް ނަމަވެސް ކިއެވްއަށް ފުރަތަމަ ފިޔަވަޅު އަޅަން ޖެހޭ ކަމަށް ދައުލަތުގެ ނޫސް އެޖެންސީ ޓާސް އިން ބުނެފި އެވެ.
“އަޅުގަނޑުމެންގެ ފަރާތުން އަޅުގަނޑުމެން މިތިބީ ޑައިލޮގް ކުރިއަށް ގެންދިއުމަށް ތައްޔާރަށް. އެކަމަކު އަޅުގަނޑު އަނެއްކާވެސް އަލިއަޅުވާލާނަން، ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ބޯޅަ އޮތީ ޔޫކްރޭންގެ ކޯޓުގައި. މަޝްވަރާތައް ފްރީޒް ކުރުމަކީ މުޅިން ވެސް ޔޫކްރޭންގެ އިސްނެގުމެއް،” ވްލަޑިމިއާ މެޑިންސްކީ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ “ރަޝިޔާއިން ދުވަހަކުވެސް މަޝްވަރާތަކަށް ދެކޮޅު ހަދާފައެއް ނުވޭ، އޭގެ ތެރޭގައި އެންމެ މަތީ ފެންވަރުގައިވެސް ހިމެނޭ. [ރަޝިޔާގެ ރައީސް] ވްލަޑިމިއާ ޕޫޓިން ވަނީ މިކަން ތަކުރާރުކޮށް ކަށަވަރުކޮށްދެއްވާފައެވެ. ހަމައެކަނި ސުވާލަކީ ރައީސުންގެ މެދުގައި ސަމިޓް ބައްދަލުވުމެއް ބޭއްވުމަށްޓަކައި ސީރިއަސް ތައްޔާރީތަކެއް ކުރަންޖެހޭ ސުވާލެއް.”
ފެބްރުއަރީ 24 ވަނަ ދުވަހު މޮސްކޯގެ ސިފައިން ޔުކްރޭނަށް އަރައިގަތް ފަހުން ރަޝިޔާ އާއި ޔޫކްރޭންގެ ވަފުދުތަކުގެ މެދުގައި މަޝްވަރާތައް ގަވާއިދުން ބާއްވަމުން އެބަދެ އެވެ.
އެހެންނަމަވެސް އަދި މިހާތަނަށް މަޝްވަރާތަކުގެ ސަބަބުން އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.




