ބޭރުދުނިޔެ

އެކުވެރިކަމުގެ މެޗެއްގައި ބްރެޒިލް ބަލިކޮށް ފްރާންސުން މުހިއްމު މޮޅެއް ހޯދައިފި

ފީފާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ފްރާންސުން 2-1 އިން ބްރެޒިލް ބަލިކޮށްފިއެވެ.

ޖިލެޓް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފްރާންސަށް ފުރަތަމަ ލަނޑު މެޗުގެ 32 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ކީލިއަން އެމްބާޕޭ އެވެ. އަދި ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހޫގޯ އެކިޓީކޭ ވަނީ ފްރާންސްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދީފައެވެ.

މެޗުގެ 55 ވަނަ މިނިޓްގައި ފްރާންސްގެ ޑިފެންޑަރު ޑަޔޫޓް އުޕަމެކާނޯއަށް ރަތް ކާޑު ދެއްކުމާ ގުޅިގެން، މެޗުގެ ބޮޑު ބައެއްގައި ފްރާންސުން ކުޅުނީ ކުޅުންތެރިއަކު މަދުކޮށެވެ. މި ފުރުސަތުގެ ބޭނުން ހިފައި ބްރެޒިލުން މެޗުގެ 78 ވަނަ މިނިޓްގައި ލަނޑެއް ޖަހައި ފަރަގު ކުޑަކުރިއެވެ. ބްރެޒިލްގެ މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެމާއެވެ.

މި ފޯރިގަދަ މެޗު ބަލަން 66,215 ސަޕޯޓަރުން ދަނޑަށް ވަދެފައިވާއިރު، މިއީ އެ ދަނޑުގައި ފުޓްބޯޅަ މެޗެއް ބަލަން ދެވަނައަށް އެންމެ ގިނަ މީހުން ވަން ފަހަރެވެ. ބްރެޒިލް ބަލިކުރުމަށްފަހު ފްރާންސުން ވޯލްޑް ކަޕަށް ވަމުންދާ ތައްޔާރީތަކުގައި ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، ބްރެޒިލުގެ ކޯޗް ފާހަގަކުރިގޮތުގައި އެޓީމުން އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް ރޭގެ މެޗުނަ ވަނީ ފާހަގަ ކުރެވިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close