ޚަބަރު

މާދަމާއަކީ މުލަރޯދަ ދުވަސް: މައުމޫން


ފަލަކީ ހިސާބު ދައްކާގޮތުން، މި އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމަށް ކުރީގެ ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ރޯދަ މަސް ފެށޭ ދުވަސް ރަސްމީކޮށް ކަނޑައެޅުމަށް މިރޭ ހަނދު ސާބިތުކުރުމުގެ ބައްދަލުވުމެއް ބާއްވާނެއިރު، ރައީސް މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ފަލަކީ ހިސާބުތަކުން މިކަން ކަށަވަރުވާ ކަމަށް ވިދާޅުވެ، ހުރިހާ މުސްލިމުންނަށް ރޯދައިގެ ތަހުނިޔާ ފޮނުއްވައިފައެވެ.

ރައީސް މައުމޫނަކީ ފަލަކީ އިލްމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ބަހައްޓަވައި، އެ ދާއިރާ ދިރާސާކުރައްވާ ބޭފުޅެކެވެ.

ގުޅުންހުރި ލިޔުންތައް

ރޯދަ ހިފަން ފަށަނީ ހަނދު ސާބިތު ވީމައެވެ. އެކަން ކަނޑައަޅާނީ އިސްލާމިކް މިނިސްޓްރީން ކަމަށްވާއިރު، ރާއްޖޭގައި މިފަހަރު ހަނދު ސާބިތު ކުރުމަށް ބާއްވާ ބައްދަލުވުން އޮތީ މިރެއެވެ. ހަނދު ސީދާ ލޮލަށް ނުފެނުނު ނަމަވެސް ފަލަކީ ހިސާބަށް ބަލައިގެން ވެސް ހަނދު ސާބިތު ކުރުމަކީ އާއްމުކޮށް ކޮށް ކުރާކަމެކެވެ.

ފަލަކީ އިލްމުގެ ތަޖުރިބާކާރެއް ކަމަށްވާ ޢަބްދުﷲ ރަޝީދު (ލިނެޓް) ވެސް ވިދާޅުވި ގޮތުގައި، ފަލަކީ ހިސާބުން ދައްކާ ގޮތުން ރާއްޖޭގެ އެންމެ ދެކުނުގެ ރަށްރަށަށް މިއަދު އިރު އޮއްސުމުގެ ފަހުން މިނެޓަކަށް ވުރެ މަދު ހިނދުކޮޅެއްގައި އުދަރެހުގައި ހަނދު ހުންނާނެކަން އެނގެން އެބައޮތެވެ. މިއީ ރޯދަ މަސް ފެށޭ ދުވަސް ކަނޑައެޅުމަށް އެހީތެރިވާނެ މުހިންމު މަޢުލޫމާތެކެވެ.

މިއަދު އިރު އޮއްސުމުގެ ފަހުން އިސްލާމީ ގައުމުތަކަށް ހަނދު ފެންމަތިވޭތޯ ބަލާއިރު، ސައުދީ އަރަބިއްޔާގެ ޖިއްދާއަށާއި މިސްރުގެ ގާހިރާއަށާއި މޮރޮކޯގެ ކަސަބުލަންކާއަށާއި ސެނަގޯލުގެ ޑާކާރަށް، ހަނދު ފެންމަތިވާނޭކަން ފަލަކީ ގޮތުން ކަށަވަރުވެ އެނގޭން އެބައޮތް ކަމަށް ވެސް ޢަބްދުﷲ ވިދާޅުވިއެވެ. ރާއްޖެއަށް ހަނދު ސީދާ ލޮލަށް ނުފެނިއްޖެ ނަމަ، އިސްލާމީ ގައުމަކަށް ހަނދު ފެނިގެން އެކަން އަންގައިފިނަމަ، ޖެހިގެން އަންނަ ދުވަހަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސްކަމަށް ރާއްޖޭން ވެސް ކަނޑައަޅާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close