ޚަބަރު

ޔޫ.އޭ.އީއާއި އިސްރާއީލާ ދެމެދު ޞުލްޙަ ޤާއިމްކުރުމުން އެމެރިކާއިން އެވޯޑެއް ދީފި

ޔޫއޭއީ އާއި، އިޒްރޭލުގެ ސުލްހައިގެ އެއްބަސްވުމަށް އެމެރިކާއިން ދޭ އެވޯޑެއް ޝެއިހް މުހައްމަދު ބިން ޒައިދު އަށް އަރުވައިފިއެވެ.

އަބޫދާބީގެ ވަލީއަޙުދު އަދި ޔޫ.އޭ.އީ އާމްޑް ފޯސަސްގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންއަށް ވޮޝިންގޓަން އިންސްޓިޓިއުޓް ފޮރ ނިއަރ އީސްޓް ޕޮލިސީގެ ސްކޮލަރ-ސްޓޭޓްސްމަން އެވޯޑް ލިބިވަޑައިގެންނެވީ، ޔޫ.އޭ.އީއާއި އިސްރާއީލާ ދެމެދު ޞުލްޙަ ޤާއިމްކުރެއްވުމުގައި އިސްނެންގެވުމާއި، ދީނީ ޓޮލަރެންސަށް އެމަނިކުފާނު ދެއްވާ އަހައްމިއްޔަތުގެ ސަބަބުންނެވެ.

އެވޯޑް ހަފްލާ އޮތީ ބުރާސްފަތި ދުވަހު ނިއުޔޯކް ސިޓީގައެވެ. އެ އިންސްޓިޓިއުޓުން ނެރުނު ބަޔާނެއްގައި ބުނީ “ދައުލަތުގެ ކުއްލި ކަންކަމުގެ ސަބަބުން” ޝެއިޚް މުހައްމަދު އެ ހަރަކާތަށް އެމެރިކާއަށް ވަޑައިނުގެންނެވުނުކަމަށެވެ. އެހެންވެ، އެ އިންސްޓިޓިއުޓްގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ ރޮބާޓް ސަޓޮލޯފް ވަނީ މިދިޔަ މަހު އަބޫދާބީގައި ހުންނަ ރިޔާސީ ގަނޑުވަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޝެއިހް މުހައްމަދަށް އެވޯޑް ހަވާލުކޮށްދެއްވާފައެވެ.

ޑޮކްޓަރ ސަޓޮލޯފް ދެއްކެވި ވާހަކަފުޅުގައި، އަބްރަހަމް އެކޯޑްސް މެދުވެރިކޮށް އިސްރާއީލާއެކު “ފުރިހަމަ ޞުލްޙަ” ޤާއިމުކުރުމަށާއި، އަބްރަހަމް ފެމިލީ ހައުސް އިންޓަރފެއިތު ޕްލޭސް އޮފް އަޅުކަން ކުރާ ތަން މެދުވެރިކޮށް، ދީނީ ޓޮލަރެންސް ފުޅާކުރެއްވުމުގެ ހިތްވަރުގަދަ ލީޑަރޝިޕް، އެ އިންސްޓިޓިއުޓުން ބަލައިގަންނަ ކަމުގައި ވިދާޅުވިއެވެ.

އެވޯޑް ޕްރެޒެންޓޭޝަނަށް ފަހު ވީޑިއޯވަނީ ހުކުރު ދުވަހު ޔޫޓިއުބްގައި އާންމުކޮށްފައެވެ. އެވޯޑް ހަފްލާއަށްފަހު ޝެއިހް މުހައްމަދު ވަނީ އިޒްރޭލާއެކު ސުލްހަ ވުމަށް ނިންމި “ބޮޑު ނިންމުމާ” ބެހޭ ގޮތުން ޑރ ސަޓްލޯފްއާ މަޝްވަރާ ކޮށްފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close