ޚަބަރު

ވ.ފޮއްތެޔޮ ބޮޑުފުށީގައި މަރާލާފައި އޮއްވައި ފެނުނު މީހާއާއި އޮޔާދިޔަ ޑިންގިއާ ގުޅުން އެބަހުރި – ފުލުހުން

ވ.ފޮއްތެޔޮ ބޮޑުފުށީގައި މަރާލާފައި އޮއްވައި ފެނުނު ބިދޭސީމީހާ އާއި ވ.އަންބާރާ ބޭރުން އޮޔާދިޔަ ޑިންގިއާ ގުޅުންހުރި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ވ.ފޮއްތެޔޮ ބޮޑުފުށީގައި މަރުވެފައި އޮތް މީހާއަކީ އެއަތޮޅު އަންބާރާ ބޭރުން އޮޔާ ދިޔަ ޑިންގީގައި އިން ލަންކާ މީހާއާ ގުޅުންހުރި މީހެއްކަމަށް މިހާތަނަށް ތަޙުޤީގަށް ހޯދި މަޢުލޫމާތުން އެނގިފައިވާކަމަށެވެ. އަދި މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްޤީގުކުރުމުންނެވެ.

ވ.ފޮއްތެޔޮ ބޮޑުފުށީގައި މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގެ މައުލޫމާތު މިއަދު 11:02 އެހައިކަންހާއިރު ލިބިފަިއވާކަމަށް ފުލުހުން ވިދާޅުވެއެވެ. ބިދޭސީއެއްކަމަށް ބެލެވޭ އެމީހާގެ ހަށި ގަނޑު ފެނިފައިވަނީ އެރަށަށް ދަނޑި ކަޑަން ގޮސް އުޅުނު ބަޔަކަށް ކަމަށް ފުލުހުން ވިދާޅުވެއެވެ.

މަންޒަރު ދުށް މީހެއްގެ ފަރާތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދިން ކަމަށް އެނޫހުގައި ބުނެފައިވަނީ މަރާލައިފައި އޮއްވައި ފެނުނު މިމީހާއަށް ވަނީ ވަރަށްބޮޑެތި އަނިޔާތަކެއްދީފައެވެ. އެހަށިގަނޑުގައި ބޮޑެތި ޒަހަމްތަކެއް ހުރިކަމަށާ، މީހާގެ ހަށިގަނޑުގެ އެކިތަނަށް ހަމަލާތައް ދީފައިވާކަމަށް ބެލެވޭކަމަށް އޭނާ ބުންޏެވެ. އަދި މީހާ އޮތް ސަރަހައްދައި ލެޔާއެކު އޮތް ބޮޑު ކަތުރެއްވެސް އޮތްކަމަށް މަންޒަރު ދުށް މީހާގެ ފަރާތުން މަޢުލޫމާތު ލިބިފައިވެއެވެ.

ހާލުގައި ޖެހި އޮޔާ ދިޔަ ޑިންގީއެއްގައި އިން ބިދޭސީއަކު ވ. އަންބާރާ ކައިރިން ފެނި ކޯސްޓްގާރޑްގެ ބެލުމުގެ ދަށުން އެ ޑިންގީއާއި އޭގައިހުރި މީހާ ވ.ފުލިދޫއަށް ގެންގޮސްވަނީ އެރަށު ފުލުހުންނާ ޙަވާލުކޮށްފައެވެ. އަދި އެމީހާގެ އަތުގައި ހުރި ލިޔެކިޔުންތަކަށް ބަލާއިރު އެއީ ސްރީ ލަންކާ މީހެއްކަމަށް ބެލެވޭކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close