ޚަބަރު

ކޯވިޑް-19އަށް މިއަދު ޕޮޒިޓިވްވީ 14 މީހުން

ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6ން ހުކުރުދުވަހުގެ އިރުއޮއްސި 6ށް ޕޮޒިޓިވްވެފައި ވަނީ 14 މީހުންކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.

މީގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި، ބަންގްލަދޭޝް 3 މީހުންނާއި އިންޑިއާ މީހެކެވެ. މިއާއެކު މިވަގުތު މިބަލި ޖެހިފައިތިބި މީހުންގެ ޢަދަދު ވަނީ 543އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވް މީހުންގެ އަދަދު މިއަދު، ވަރަށް ބޮޑަށް ދަށަށް ދިޔައިރު މިހަފްތާގައި ޕޮޒިޓިވްވި މީހުންގެ އަދަދު އެވްރެޖްކޮށް ހުރީ 35ން މަތީގައެވެ. އަދި އިއްޔެއަކީ، ޖުލައި 1ގައި ފުރަބަންދުގެ ލުއިތައް ދިން ފަހުން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. އިއްޔެ ޖުމުލަ 68 މީހުން ޕޮޒިޓިވް ވިއިރު. 47 ދިވެހިން ކޯވިޑް-19އަށް ޕޮޒިޓިވް ވިއެވެ.

ކޯވިޑް-19އަށް ޕޮޒިޓިވް ވީމީހުންގެ ތެރެއިން މިހާތަނަށް ރާއްޖޭގައި ބަލިން ރަނގަޅުވެފައިވާ މީހުންގެ ޢަދަދު ވަނީ މިހާރު 2،340 އަރާފައެވެ. އަދި މިއަދު ބަލިން ރަނގަޅުވެފައި ވަނީވެސް އެންމެ މީހެކެވެ. މިބަލީގައި މިހާތަނަށް ރާއްޖެއިން 15 މީހަކުވަނީ ނިޔާވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close