ޚަބަރު

މިދިޔަ މޭ މަސް ނިމުނު އިރު ރާއްޖޭގެ އިންފްލޭޝަން 2.5 ޕަސެންޓަށް މައްޗަށް ޖެހިއްޖެ


މިދިޔަ މޭ މަސް ނިމުނުއިރު ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.5 ޕަސަންޓް މައްޗަށް ޖެހިފައިވާ ކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މޭ މަސް ނިމުނު އިރު އިންފްލޭޝަން ވަނީ 2.5 ޕަސެންޓަށް މައްޗަށް ޖެހިފަ އެވެ. ނަމަވެސް އެޕްރީލް މަހުގެ ތެރޭގައި އިންފްލޭޝަން ހުރީ 1.2 ޕަސެންޓްގަ އެވެ.

މިއަހަރު ފެށުނު އިރު ރާއްޖޭގެ އިންފްލޭޝަން ހުރީ 0.2 ޕަސެންޓްގަ އެވެ. ދަތުރުފަތުރުގެ އަގު 5.7 އަށް ވަނީ މަތިވެފަ އެވެ. ކާބޯތަކެތީގެ އަގު ފަސް ޕަސެންޓަށް ވަނީ މަތިވެފަ އެވެ. ސިއްހީ ދާއިރާގެ އަގުތައް 4.4 ޕަސެންޓަށް ވަނީ މައްޗަށް ގޮސްފަ އެވެ. އަދި ރެސްޓޯރަންޓްގެ އަގުތައް 3.4 ޕަސެންޓް ވަނީ މައްޗަށް ގޮސްފަ އެވެ.

މާލެ އާއި އަތޮޅުތަކުގައި އިންފްލޭޝަން ހުރި ވަރަށް ބަލާއިރު މާލޭގައި އެކަނި އިންފްލޭޝަން ވަނީ 2.8 ޕަސެންޓަށް މައްޗަށް އުފުލިފަ އެވެ. އަތޮޅުތަކުގައި އިންފްލޭޝަން ހުރީ 2.1 ޕަސެންޓްގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ތަކެތީގެ އަގު ބޮޑުވެފައި މިވަނީ ރާއްޖޭގައި ތެލުގެ އަގު މައްޗަށް ދިޔުމުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ވިދާޅުވެފަ އެވެ. ރަޝިޔާ އާއި ޔޫކްރޭން ހަނގުރާމަ އަކީ ވެސް ތަކެތީގެ އަގު މައްޗަށް ދިޔަ ސަބަބެއް ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close