ޚަބަރު

ދިރާގު އަމިއްލަ ޕޯސްޓްޕެއިޑުން މިހާރު އަންލިމިޓެޑް ކޯލްސް ކޮށްލެވޭނެ!

ދިރާގު އަމިއްލަ ޕޯސްޓްޕެއިޑަށް “އަމިއްލަ ވޮއިސް ޕްލަސް”ގެ ނަމުގައި މުޅިން އާ “ވޮއިސް” އެޑް-އޮން އެއް ތައާރަފުކޮށްފިއެވެ.

މަހަކު އެންމެ 175 ރުފިޔާ އަށް އެކްޓިވޭޓް ކޮށްލެވޭ މި އެޑް-އޮން އިން ދިރާގު ނަންބަރުތަކަށް ބޭނުން ވަރަކަށް މުޅިން ހިލޭ ގުޅާލެވޭނެއެވެ.

މި އަހަރު ކުރީކޮޅު ތައާރަފުކުރި ދިރާގު އަމިއްލަ ޕޯސްޓްޕެއިޑަކީ ކަސްޓަމަރުންނަށް އެމީހެއްގެ ބޭނުންތަކަށް ހާއްސަކޮށްގެން ވަރަށް ފަސޭހަކަމާއެކު ކަސްޓަމައިޒް ކޮށްލެވޭނެ ޕްލޭން އެކެވެ. އަމިއްލަ ވޮއިސް އެޑް އޮން އަކީ މިހާރު ކަސްޓަމަރުން ނަންގަވައި ޕެކޭޖް ތަކުގައި  ހިމަނާފައިވާ ހިލޭ ވޮއިސް މިނެޓްސްގެ އިތުރަށް ވޮއިސް ކޯލްސް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް ޚާއްސަ ކޮށްގެން ތައާރަފުކުރި އެޑް-އޮން އެކެވެ.

ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޭޓާ އަދި ވޮއިސް ބޭނުންވާ ގޮތަކަށް ސެޓްކޮށްލެވޭނެއެވެ. އަދި މީގެ އިތުރުން އަމިއްލަ ޕޯސްޓްޕެއިޑްގެ “ވެލިއު ޕްކެސް” އިން އެ ކަސްޓަމަރެއްގެ މޮބައިލް ޔޫސޭޖަށް ބިނާކޮށް، މި ވެލިއު ޕެކްތަކުން ބޭނުންވާ ޕެކެއް ޚިޔާރު ކުރެވޭނެއެވެ. ވެލިއު ޕްކްތަކުގެ ތެރޭގައި ޗެޓް، ސޯޝަލް މީޑިއާ، ވޮއިސް، ޑޭޓާ އަދި ސްޓްރީމިންގ އެޑްއޮންސް ހިމެނެއެވެ. ސްޓްރީމިންގ އެޑްއޮންގައި ދިރާގު ޓީވީ، ދިރާގު ޕްލޭ، ނެޓްފްލިކްސް، އެމޭޒަން ޕްރައިމް، ޔޫޓިއުބް އަދި ޓިކްޓޮކަށް ހިމެނިގެންދާނެއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރަށް ގުޅުއްވާ ކަސްޓަމަރުންނަށް ޚާއްކޮށް އައިޑީޑީ ވެލިއު ޕްކްސްވެސް ވަނީ ހިމަނާފައިއެވެ.

ދިރާގުގެ އެކި އެކި ޚިދުމަތްތަކަށް ގެންނަމުންދާ ބަދަލުތަކަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަސައްކަތެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close