މިދުވަސްކޮޅު ދިރާގު ޚިދުމަތްތައް ބޭނުންކުރުމުގައި ބައެއް ދަތިތަކާ ދިމާވަނީ އަޕްގްރޭޑިން މަސައްކަތްތަކެއް ކުރާތީ – ދިރާގު
ދިރާގުން ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ދިރާގުގެ ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑްގެ ދެވަނަ މަރުހަލާގެ މުހިންމު މަސައްކަތްތަކެއް ދަނީ ކުރިއަށްގެންދަމުންނެވެ. މި އަޕްގްރޭޑް މަސައްކަތަކީ ވަރަށް ގިނަ ޓެކްނިކަލް ކަންތައްތަކެއް އެކުލެވިގެންވާ އަދި ގިނަ މަރުހަލާތަކަކަށް ބެހިގެންދާނެ މަސައްކަތްތަކެކެވެ.
މި ދުވަސްކޮޅު ކަސްޓަމަރުންނަށް ބައެއް ޚިދުމަތްތައް ބޭނުންކުރުމުގައި ދިމާވަމުންދާ ދަތިތަކަކީ މި އަޕްގްރޭޑް މަސައްކަތާ ގުޅިގެން ދިވާމަމުންދާ ދަތިތަކެކެވެ. އެގޮތުން ތިރީގައި މިވާ ބައެއް ސަޕޯޓް ޚިދުމަތްތަށް ލިބިވަޑައިގަތުމުގައި ދަތިތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.
- ރީލޯޑް އަދި ރީޗަރޖް އާއި ގުޅޭ ޚިދުމަތްތައް
- މޮބައިލް އެޑް އޮންސް އަދި މޮބައިލް ޕެކޭޖް ބަދަލުކުރުން
- ދިރާގު ވެބްސައިޓްގައިވާ “މައި އެކައުންޓް” އަދި ދިރާގު މޮބައިލް އެޕް
- މަމެން މޯބައިލް އެޕް (ބިލްޑް އަދި ޓޭކްބެކް ފީޗަރ)
- ދިރާގު ކަސްޓަމަރ ސާރވިސް ސެންޓަރ ތައް އަދި ދިރާގު ޕާރޓްނާޝޮޕް ތަކުން އައު މޮބައިލް ޚިދުމަތް ހޯދުމާއި މޮބައިލް ބިލަށް ފައިސާ ދެއްކުން
- މޮބައިލް ނަންބަރ ޕޯރޓަބިލިޓީ
ކަސްޓަމަރުންނަށް ޑޭޓާ، އެސް. އެމް. އެސް އަދި ވޮއިސް ކޯލްގެ ޚިދުމަތައް ބޭނުން ކުރެވެނޭއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މި މަސައްކަތް ކުރިއަށް ގެންދާ ވަގުތުތަކުގައި ކަސްޓަމަރުންނަށް ބައެއް ޚިދުމަތްތަށް ބޭނުން ކުރުމުގައި ތަދިތަކަކާއި ކުރިމަތިލައްވަން ޖެހިވަޑައިގަތުމަކީ އެކަށީގެންވާ ކަމެކެވެ. އަޅުގަނޑުމެންގެ އަމާޒަކީ ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ މައި ޚިދުމަތްތަކަށް ވީހާވެސް ބުރޫ ނާރާނެ ގޮތަކަށް މަސައްކަތް ރާވާ ކުރިއަށް ގެންދިޔުމެވެ.
މި މަސައްކަތް ކުރިއަށްގެންދާ ދުވަސްތަކުގެ ތެރޭގައި ކަސްޓަމަރުންނަށް ކުރިމަތިވެދާނެ ދަތިތަކަށް ނިހާޔަތައް މާފަށް އެދެމެވެ. އަޅުގަނޑުމެންގެ އިންޖިނިއަރުންނާއި ޓެކްނިކަލް ޓީމުތަކުން ދަނީ ކަސްޓަމަރުންނަށް ކުރިމަތިވަމުންދާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

