ޚަބަރު

ޝައިޚް އަޒީބެ އަށް ސްޓްރޯކެއް ޖެހިގެން ފަރުވާދެނީ

ރާއްޖޭގެ ދީނީ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚު އަބްދުލް އަޒީޒް ހުސައިން (ޝައިޚް އަޒީބެ)އަށް ސްޓްރޯކެއް ޖެހިގެން ފަރުވާ ދެމުން އެބަދެއެވެ.

ޝައިޚް އަޒީބެގެ ލޮބުވެތި ދަރިފުޅު އަހްމަދު ކުމައިލް މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ ބައްޕަ އަޒީޒަށް ސްޓްރޯކެއް ޖެހި މިވަގުތު އައިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށެވެ.

ޝައިޚް އަޒީބެގެ ދަރިފުޅުގެ ޕޯސް ނިންމަމުން ބުނެފައިވަނީ ” ތިޔަ އެންމެ ބޭފުޅުންގެ ހެޔޮ އިހުލާސްތެރި ދުއާގައި ބައްޕަ ޝާމިލްކޮށް ދެއްވުން އެދޭކަމަށެވެ.”

ޝައިޚް ޢަޒީބެ ފާހަގަވެފައިވަނީ، ދީނީ ދަރުސް ދެއްވުމުގައިވެސް ތަފާތު ގޮތަކަށް ހުށަހެޅުންވުން ގެންގުޅުއްވާ ބޭފުޅެއްގެ ގޮތުގައެވެ. އަޑުއަހަން ތިބޭ މީހުންގެ ހިތްދަމައިގަންނަ ކަހަލަ ގޮތަކަށް ދަރުސް ދެއްވުމުގެ އިތުރުން ކުލާސްތަކުގައި ގަޑި ނަންގަވައިދެއްވާއިރުވެސް ދަރިވަރުންގެ ހިތްތައް އަތުލައިގަނެގެން ހުރެ ފިލާވަޅު ބުނެދެއްވަމުންދާ ފުންނާބު އުސް ފާހަގަކޮށްލެވޭ އުސްތާޛެއްގެ ގޮތުގައެވެ.

އެތައްބައެއްގެ އިޙްތިރާމާއި ލޯބި ލިބިފައިވާ ޢަޒީބެ ފާހަގަވެފައިވަނީ ދީނީ އެކިއެކި މުއައްސަސާތަކުގައި މަސައްކަތް ކުރައްވާ އަދި ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.

މީގެ އިތުރުން ޝައިޚް އަޒީބެ ފާހަގަވެފައިވަނީ ރާއްޖޭގައި އިސްލާމް ދީނާއި ގުޅުން ހުރި މައުލޫމާތު ފެތުރުމުގައިވެސް ހަރަކާތްތެރިވަމުން އަންނަ ދިވެހިންގެ ލޯބި ލިބިފައިވާ ދީނީ އިލްމުވެރިއެއްގެ ގޮތުގައެވެ. ވަރަށް ކުރިންސުރެ އަޒީބެ ދަނީ އަމިއްލަ އުމްރާ ކުންފުންޏެއް ކަމަށްވާ ޒަމްޒަމް ހައްޖު އެންޑް އުމްރާ ގްރޫޕްގެ ނަމުގައި ދިވެހިން އުމްރާއަށް ގެންދިއުމުގައިވެސް ހަރަކާތްތެރިވަމުންނެވެ.

އަޅުގަނޑުމެންގެ ހެޔޮދުޢާއަކީ، ޝައިޚް ޢަޒީބެއަށް ﷲ ތަޢާލާގެ ހެޔޮރަޙުމަތުން އަވަސް ޝިފާއެއް ލިބިގެން ދިއުމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close