ޚަބަރު

ހަދަހަދައިގެން ދޮގު ވާހަކަތައް ދައްކައި، މީހުންގެ ޢިއްޒަތާއި އަބުރު ނަގާނުލާ – ޚުޠުބާ

ހަދަހަދައިގެން ދޮގު ވާހަކަތައް ދައްކައި، މީހުންގެ ޢިއްޒަތާއި އަބުރު ނަގާލުމަކީ މުސްލިމުންގެ ސިފައެއް ނޫންކަމަށް މިއަދުގެ ހުކުރު ޚުތުބާގައިވިދާޅު ވެއްޖެއެވެ.

މިކަން ބަޔާންކޮށް ޚުތުބާގައި ވިދާޅުވީ ”މިއަދު ޚަބަރާއި، މަޢުލޫމާތު ފޯރުކޮށްދިނުމަށް ސޯޝަލް މީޑިއާ ބޭނުން ކުރާ މީހުން ވަރަށް ގިނައެވެ. ސޯޝަލް މީޑިއާގެ ތަފާތު ވަސީލަތްތަކުން ޚަބަރުތައް ފަތުރަމުންގެންދެއެވެ. ކޮންމެ ވަސީލަތެއް ބޭނުން ކުރާ މީހެއް ނަމަވެސް އެކަން ކުރަން ޖެހޭނީ އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައި އޮންނަ އިމުގެ ތެރޭގައެވެ. އަޅުގަނޑުމެންނަކީ މުސްލިމުންނަށްވާއިރު އަޅުގަނޑުމެން ތަބާވާންޖެހޭ އަޚްލާޤީ ސިފަތަކެއް ވެއެވެ. ހަދަހަދައިގެން ދޮގު ވާހަކަތައް ދައްކައި، މީހުންގެ ޢިއްޒަތާއި އަބުރު ނަގާލުމަކީ މުސްލިމުންގެ ސިފައެއް ނޫނެވެ. ޢިއްޒަތަކީ ވަކި މީހަކަށް، ނުވަތަ ވަކި ބަޔަކަށް މާތްﷲ ދެއްވާފައިވާ އެއްޗެއް ނޫނެވެ. އެއްޗެއް ނޫނެވެ. އެންމެ މޮޅުމީހާއިން ފެށިގެން އެންމެ ނިކަމެތި މީހާއާ ހަމައަށް ކޮންމެ މީހަކަށް ވެސް އަބުރާއި ޢިއްޒަތް ލިބިގެން ވެއެވެ“.

އިތުރުރަށް ޚުތުބާގައި ވިދާޅުވީ ”އިންސާނާ ދައްކާ ވާހަކަ އާއި، އެހެން މީހުންނަށް ފޯރުކޮށްދޭ މަޢުލޫމާތު ބިނާ ކުރަން ޖެހޭނީ ޝަރުޢީ ހަމަތަކުގެ މައްޗަށެވެ. އެހެންމީހުންނަށް ފޯރުކޮށްދޭ ޚަބަރާއި، މަޢުލޫމާތު ވާންޖެހޭނީ ތެދު ޙަޤީޤަތަށެވެ. އޭގައި އޮޅުވާލުމެއް ދޮގު ވާހަކައެއް ހިމެނިގެން ނުވާނެއެވެ. ވަގު އެކައުންޓު ހަދައި، މީސްތަކުން ތިމާ އަކީ ކާކުކަން ނޭނގޭ ގޮތަށް އޮޅުވާލައިގެން މީސްތަކުންގެ އަބުރު ގެއްލޭ ފަދަ ވާހަކަތައް ޢާއްމު ކުރާ މީހުން މީސްތަކުންނަށް އޮޅުވާލި ކަމުގައި ވިޔަސް، މާތް ﷲ އެކަންކަން މޮޅަށް ދެނެވޮޑިގެންވާ ކަން ދަނެ، އެ ކަލާނގެއަށް ބިރުވެތިވާން ޖެހޭނެވެ. އަދި ތެދެއް ދޮގެއް ބެލުމެއް ނެތި، މީޑީޔާ އިން ފެންނަހާ އެއްޗަކަށް ލައިކުކޮށް، ޝެއާ ކުރުމާއި ރީޓުވީޓު ކުރުމަކީ ވަރަށް ނުރައްކާތެރި ނަތީޖާއެއް ނުކުމެދާނެކަމެކެވެ. ފޯރުކޮށްދޭ ޚަބަރެއްގެ ސަބަބުން އެއްވެސް މީހެއްގެ އަބުރާއި، ކަރާމާތަށް ގެއްލުމެއް ލިބިގެން ނުވާނެއެވެ.“

ދޮގު ޚަބަރު ފަތުރާ މީހާއަކީ، އޭނާގެ ޠަބީޢަތުގައި، ދޭތެރެ ޖެއްސުމާއި، ދެބައޮޑުވުމުގެ ނުބައި ސިފަ އަށަގެންފައިވާ މީހެކެވެ. އެއީ ފަރުދުންނާއި މުޖްތަމަޢުގެ މަޞްލަޙަތު ނަގާލަން މަސައްކަތް ކުރާ މީހެކެވެ. އިސްލާމް ދީނުގައި ވަނީ މިކަންކަން ވަރަށް ބޮޑަށް ނަހީ ކުރައްވާފައެވެ. އޭގެ ސަބަބުން މުޖްތަމަޢުގެ އެކުވެރިކަމާއި އެއްބަނޑު އެއްބަފާކަން ގެއްލި ފިތުނަ އުފެދުމަށް މަގު ފަހިވާތީ އެވެ. އެއީ ޤައުމުގެ ވަޙްދަތު ނަގާލުމެވެ. މޫސާގެފާނާ ދެކޮޅަށް ފިރުޢައުނު ގެންގުޅުނު އެންމެ ވަރުގަދަ ހަތިޔާރަކީ ދޮގު ވާހަކަތައް ފެތުރުމެވެ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close