ޚަބަރު

އިނގިރޭސިވިލާތުގައި ކާރު ބޮމެއް ގޮވައި އެކަކު މަރުވެ އިތުރުމީހަކު ޒަޚަމްވެއްޖެ

އިނގިރޭސިވިލާތުގައި ކާރު ބޮމެއް ގޮވައި އެކަކު މަރުވެ އިތުރު މީހަކު ޒަޚަމްވެއްޖެއެވެ.

އިނގިރޭސި ފުލުހުން އާދީއްތަ ދުވަހު ބުނީ ލިވަޕޫލުވިމެންސް ހޮސްޕިޓަލުގައި ކާރު ބޮމެއް ގޮއްވާލި މައްސަލަ ކައުންޓަރ ޓެރަރިޒަމް އޮފިސަރުން ބަލަމުން ގެންދާ ކަމަށެވެ. 

އެއީ ޓެރަރިސްޓް ހާދިސާއެއް ކަމަށް އަދި އިއުލާނު ކޮށްފައި ނުވި ނަމަވެސް އެކަކު މަރުވެފައިވާ ކަމަށްވެސް އިނގިރޭސި ފުލުހުން ހާމަކުރެއެވެ.

އަހަރުމެންނަށް ކަށަވަރު ކުރެވޭނެ، އެކަކު މަރުވެ، އިތުރު މީހަކު ޒަހަމްވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އެބަދޭ، އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާ ވެފައެއް ނުވޭ

“އަހަރުމެންނަށް ކަށަވަރު ކުރެވޭނެ، އެކަކު މަރުވެ، އިތުރު މީހަކު ޒަހަމްވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އެބަދޭ، އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާ ވެފައެއް ނުވޭ” މަރސީ ސައިޑް ޕޮލިސް އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

“ބޮން ގޮއްވާލީ ކޮން ސަބަބަކާ ހުރެކަން މިދަނީ ބަލަމުން، ނަމަވެސް އެކަން ހިނގާފައިވަނީ ކިހިނެއްތޯ ބަލައި، އެކަމަށް ސަމާލުވެ، ކައުންޓާ ޓެރަރިޒަމް ފުލުހުން ދަނީ ތަހުގީގުގައި އިސްކޮށް ހަރަކާތްތެރިވަމުން،” ފުލުހުން ބުންޏެވެ.

ބޮން ގޮއްވާލީ ކޮން ސަބަބަކާ ހުރެކަން މިދަނީ ބަލަމުން، ނަމަވެސް އެކަން ހިނގާފައިވަނީ ކިހިނެއްތޯ ބަލައި، އެކަމަށް ސަމާލުވެ، ކައުންޓާ ޓެރަރިޒަމް ފުލުހުން ދަނީ ތަހުގީގުގައި އިސްކޮށް ހަރަކާތްތެރިވަމުން

އިންވެސްޓިގޭޓަރުން ގަބޫލުކުރާ ގޮތުގައި އެކަމުގައި ބައިވެރިވި ކާރަކީ ޓެކްސީއެއް ކަމަށާއި، އެ ކާރު ގޮއްވާލާފައިވަނީ ހުޅަނގު އުތުރު އިންގްލެންޑްގެ ހޮސްޕިޓަލެއްގައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ފުޓޭޖްތަކުން ފެންނަ ގޮތުގައި ހޮސްޕިޓަލުގެ ބޭރުގައި ކަޅު ކުލައިގެ ދުމުގެ އަސަރު ވައިގެ ތެރެއަށް ފެތުރެމުން ދެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close