ކުޅިވަރު

ހޮޅުދު ބަލިކޮށް ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ ނ. އަތޮޅުގެ ޗެމްޕިއަންކަން މާޅެންދޫން ހޯދައިފި

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ ނ. އަތޮޅުގެ ފޯރިގަދަ ފައިނަލް މެޗުގައި ހޮޅުދޫ 2-1 އިން ބަލިކޮށް، މާޅެންދޫން ފުރަތަމަ ފަހަރަށް އަތޮޅު ތަށި އުފުލާލައިފިއެވެ.

މާޅެންދޫގެ ލަނޑުތައް މުހައްމަދު ފަރުހާން އާއި އަލީ ފާރިޝް ކާމިޔާބުކޮށްދިންއިރު، ހޮޅުދޫގެ ހަމައެކަނި ލަނޑު ޖަހައިދިނީ ހުސެއިން ޝައްފާހު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މާޅެންދޫގެ ފަރުހާން އެވެ.

ނ. އަތޮޅުގެ އިތުރުން ރ. އަތޮޅުގެ ޗެމްޕިއަންކަން ދުވާފަރުން ހޯދީ ފައިނަލުގައި އިނގުރައިދޫ 2-0 އިން ބަލިކޮށްގެންނެވެ. އަދި ހއ. އަތޮޅުގެ ތަށި މާރަންދޫން ފުރަތަމަ ފަހަރަށް ހޯދީ ކެލާ އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ. އއ. އަތޮޅުގެ ތަށި ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް މަތިވެރިން ހޯދިއިރު، ވ. އަތޮޅުގެ ޗެމްޕިއަންކަން ކެޔޮދޫން ހޯދީ ފުލިދޫ 3-0 އިން ބަލިކޮށް، މުޅި މުބާރާތުގައި ބަލިނުވެ އޮވެގެންނެވެ.

މުބާރާތުގެ ޒޯން ހަތެއްގެ މެޗުތައް ވެސް ރޭ ވަނީ ކުޅެފައެވެ. އެގޮތުން ދެއްވަދޫން 8-2 ގެ ބޮޑު ތަފާތަކުން ހޯނޑެއްދޫ ބަލިކުރިއިރު، ވާދޫން ކަނޑުހުޅުދޫ އަތުން 2-0 އިން މޮޅުވިއެވެ. އަދި ހިތަދޫން ދަޑިމަގު ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާތަކާއެކު ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފޯރި މިހާރު ވަނީ ވަރަށް ގަދަވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close