ކުޅިވަރު

މެސީ ނުލައި ކުޅުނު ފުރަތަމަ މެޗަށް ފިނި ތަރުޙީބެއް

ނިމިދިޔަ ޓްރާންސްފާ ބާޒާރުގައި ބާސެލޯނާ ދޫކޮށް ލިއޮނަލް މެސީ ދިޔަފަހުން ޗެމްޕިއަންސް ލީގުގައި އެޓީމުން ކުޅުނު ފުރަތަމަ މެޗަށް ފިނި ތަރުޙީބެއް ލިބިގެން ދިޔައިރު 3-0 ގެ ނަތީޖާއަކުން އެޓީމު ބަލިވެއްޖެއެވެ.

ފާހަގަ ކޮށްލަން ޖެހޭ އަނެއް ކަމަކީ މިއީ  މިދިޔަ އަހަރު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި 8-2 އިން ބަޔާން އަތުން ބަލިވި ފަހުން ބާސެލޯނާ އިން ބަޔާން އާއި  ދެކޮޅަށް ނުކުތް ފުރަތަމަ ފަހަރުކަމެވެ. އަދި ބާސާގެ ޓީމަށް ބޮޑު ބަދަލުތަކެއް އައިސްފައިވާ އިރު ބަޔާންގެ ކޯޗިން ސްޓާފުންނަށްވެސް ބޮޑަތި ބަދަލުތަކެއް އައިސްފައިވާ ކަމެވެ.

ރޭކުޅެވުނު މި މެޗުގައި ބަޔާންގެ ގޯލްތައް ކާމިޔާބު ކޮށްދީފައި ވަނީ  ތޯމަސް މުލާ އާއި އަދި  ލެވަންޑޯސްކީއެވެ. ރޭގެ މެޗުގައި ލެވަންޑޯސްކީވަނީ ދެ ގޯލް ކާމިޔާބުކޮށްފައެވެ.

ރޭ ކުޅެވުނު އެހެން މެޗުތަކަށް ބަލާއިރު އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީން އިން ވަނީ އެ ޓީމު ކުޅުނު ފުރަތަމަ  މެޗުގައި އަމިއްލަ ދަނޑުގައި ކުޅެ 1-0 އިން ރަޝިއާގެ ޒެނިޓް ޕީޓާސްބާގް ބަލިކޮށްފަ އެވެ. މި މެޗުގައި ޗެލްސީގެ ހަމައެކަނި ގޯލު ޖެހީ ނިމިދިޔަ ޓްރާނސްފާގައި އެންމެ ބޮޑު ޙަރަދެއްކޮށް އެޓީމަށް ގެނައި ފޯވާޑް ރޮމެލޫ ލުކާކޫ އެވެ.

މި ގުރޫޕުގެ އަނެއްމެޗުގައި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް ވަނީ މަލްމޯގެ މައްޗަށް 3-0 އިން ކުރި ހޯދާފައެވެ. ޔުވެންޓަސްއަށް ލަނޑުތައް ކާމިޔާބު ކޮށްދީފައި ވަނީ އަލެކްސް ސަންޑްރޯ އާއި ޕައޮލޯ ޑިބާލާ އާއި އަދި އަލްވާރޯ މޮރާޓާ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close