ސިޔާމް – މައުރޫފް ސޮކާ ކަޕް: ފައިނަލަށް ހޮޅުދޫ އާއި ކެނދިކުޅުދޫ
ސިޔާމް-މައުރޫފު ސޮކާ ކަޕްގެ ފައިނަލަށް ކެނދިކުޅުދޫ އާއި ހޮޅުދޫ ދަތުރުކޮށްފިއެވެ.
ރާއްޖޭގައި ބާއްވާ އެންމެއަގުބޮޑު މުބާރާތްކަމުގައިވާ ސިޔާމް-މައުރޫފު ސޮކާ ކަޕްގެ ފައިނަލުގެ ޖާގަ ފުރަތަމަ ކަށަވަރުކުރި ކެނދިކުޅުދޫ އެފްސީ ފައިނަލަށް ގޮސްފައިވަނީސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އިއްޔެ ކުޑަފަރި އާއި ދެކޮޅަށްކުޅެ ބައްދަލުކުރި މެޗު ހަމަނުޖެހުން ހިންގުމުގެ ސަބަބުން ހުއްޓާލިއިރު، އޮތް ނަތީޖާއަށް ބަލާފައެވެ. އިއްޔެގެ މެޗު މެދުކަނޑާލިއިރު، 2-1 ގެ ނަތީޖާއަކުން ކުރީގައި އޮތީ ކެނދިކުޅުދޫއެވެ. އެހެންކަމުން މުބާރާތް އިންތިޒާމުކުރާ ކޮމިޓީން ވަނީ ކެނދިކުޅުދޫ ފައިނަލަށް ދަތުރުކުރި ކަމަށް މިއަދުގެވަގުތެއްގައި ނިންމާފައެވެ.
ހޮޅުދޫ އެފްސީ ފައިނަލަށް ދިޔައީ ސެމީގެ ދެވަނަ މެޗުގައި މިއަދު ހަވީރު ހެނބަދޫ އާއި ބައްދަލުކޮށް 3-0 ނަތީޖާއަކުން މޮޅުވެގެންނެވެ.

މިމެޗުގައި ހޮޅުދޫގެ ފުރަތަމަ ގޯލްކާމިޔާބުކޮށްދިނީ މެޗުގެ 52 ވަނަ މިނެޓުގައި ޖަރޒީނަމްބަރ 9 އަބްދުލް ވަދޫދްއެވެ. އަދި 73 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖަރޒީނަމްބަރ 11 މުހައްމަދު ފާރިޝް ވަނީ އެޓީމަށް ލީޑު ފުޅާކޮށްދީ ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. ހޮޅުދޫގެ ތިންވަނަ ގޯލްވެސް މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ފާރީޝްއެވެ.
މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހޮޅުދޫ އެފްސީގެ ކެޕްޓަން ޖަރޒީނަމްބަރ 16 ރިޝްވާން އިބްރާހީމް ރަޝީދެވެ.
މިމުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވާ ބުދަ ދުވަހު ހަވީރު ކެނިދކުޅުދޫ ފުޓްބޯޅަ ދަނޑުގައެވެ. މިމެޗުގެ ލައިވް ކަވަރޭޖް ބައެއް ޓީވީތަކުން ގެނެސްދޭގޮތަށް ހަމަޖެހިފައިވާ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އެގޮތުން ވީޓީވީން މި މެމެޗްގެ ލައިވް ގެނެސްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޓީވީއިން ބުނެއެވެ.

މަރުހަބާ ދެ ޓީމް