ކުޅިވަރު

އިންޓަ ބަލިކޮށް، އާސެނަލް ޗެމްޕިއަންސް ލީގުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފި

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިންޓަ މިލާނާ ދެކޮޅަށް ކުޅުނު މެޗު 3-1 އިން ކާމިޔާބުކޮށް، އާސެނަލް ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

މިލާނުގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އާސެނަލްގެ ގެބްރިއަލް ޖީސޫސް ދެ ލަނޑު ކާމިޔާބުކުރިއިރު، އެ ޓީމުގެ ތިންވަނަ ލަނޑު މެޗުގެ ފަހުކޮޅު ޖަހައިދިނީ ވިކްޓަ ގިޔޮކޯރެސްއެވެ. އިންޓަގެ ހަމައެކަނި ލަނޑު މެޗުގެ ކުރީކޮޅު ކާމިޔާބުކޮށްދިނީ ޕީޓަ ސުސިޗެވެ.

މި މެޗަށް ނުކުތްއިރު އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ޓީމަށް ހަތް ބަދަލެއް ގެނައި ނަމަވެސް، އެ ޓީމުން ވަނީ މުޅި މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. މި މޮޅާއެކު އާސެނަލްއަކީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި މިހާތަނަށް އެއްވެސް މެޗަކުން ބަލިނުވެ، ކުޅުނު ހުރިހާ މެޗަކުން މޮޅުވި ހަމައެކަނި ޓީމެވެ.

މި ނަތީޖާއާއެކު އާސެނަލަށް ކުޅުނު ހަތް މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 15 ޕޮއިންޓެވެ. މެޗުން ބަލިވި އިންޓަ މިލާން 12 ޕޮއިންޓާއެކު މިހާރު އޮތީ ތާވަލުގެ 9 ވަނައިގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close