ކުޅިވަރު

ޗެމްޕިއަން މިލަދޫ ބަލިކޮށް ކޭކޭ ސެމީއަށް

މިހާރު ނ. ކެދިކުޅުދޫ (ކޭކެ) ގައި ކުރިއަށްދާ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅެވުނު މެޗު ވޭތުވެދިޔަ އަހަރު މި މުބާރާތުގެ ޗެމްޕިއަން މިލަދޫ ބަލިކޮށް ކޭކޭ އިން މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފިއެވެ.

މިއަދު ހަވީރު ކުޅެވުނު މިފޯރިގަދަ މެޗުގައި ދެޓީމުގެ ފަރާތުންވެސް ވަރަށް ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ކުރީކޮޅުގައި ކޭކޭއަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ޖާޒީނަމްބަރ 25 ޢަބުދުﷲ ސުޢާދު އެވެ.

ކޭކޭގެ ލަނޑަށްފަހު މިލަދޫޓީމުގެ ކުޅުން ރަނގަޅު ކުރިނަމަވެސް މިލަދޫއަށް ކޭކޭގެ ގޯލް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. އަދި މެޗުގެ ފަހުވަގުތު ކޭކޭއިން މިލަދޫގެ ގޯލަށް ބާރު ބޮޑުކުރިތަންވެސް ފެނިގެންދިޔައެވެ.  

” ނާރެސް މީޑިޔާ” އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ އަހަރުގެ ޗެމްޕިއަން މިލަދޫޓީމު މިފަހަރުގެ މުބާރާތަށް ނިކުމެފައިވަނީ އެޓީމުގެ ފުރަތަމަ އެގާރައަށް ކުޅޭ ގިނަކުޅުންތެރިންތަކެއް ނުލައެވެ. އެއީ އެޓީމަށް ކުޅޭ ގިނަކުޅުންތެރިންތަކެއް ކުރެއްދޫ ރިސޯޓްގައި އޮންނަ މުބާރާތެއްގައި އެރިސޯޓްގެ ޓީމަށް ކުޅެމުންދާތީ ރިސޯރޓްގެ ފަރާތުން ދޫނުކޮށްގެންނެވެ. ކޭކޭއަކީ މިފަހަރުގެ މުބާރާތަށް އެންމެފުރަތަމަ ޕްރެކްޓިސްފަށާ ރާއްޖެ ފެންވަރުގެ ކޯޗަކާއިއެކު ސީދާ ތައްޓަށް އަމާޒުހިފާފައިވާ ޓީމެކެވެ.

މިއަދުގެ މެޗާއި އެކު އެއްވެސް ޓީމެއްގެ އަތުން ބަލިނުވެ ކުޅުނު 4 މެޗުގެ ތެރެއިން 3 މެޗުން މޮޅުވެ 1 މެޗު އެއްވަރުކޮށް ކޭކޭއިން މިވަނީ 10 ޕޮއިންޓް ހޯދާ މި ގްރޫޕުން ފުރަތަމަ ސެމީ ފައިނަލްގެ ޖާގައެއް ޔަޤީންކޮށްފައެވެ.  މި ގްރޫޕުގެ މެޗުތައް ގޮސްފައިވާ ގޮތަށްބަލާއިރު މިލަދޫޓީމަށް ސެމީއަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިފައިވާއިރު މި ގްރޫޕުން ދެން ސެމީގެ ފުރުޞަތު އެންމެބޮޑީ ހެނބަދޫއަށެވެ.

މިއަދުގެ މެޗުގެ މޮޅުކުޅުން ތެރިއަކަށް ހޮވިފައިވަނީ ރާއްޖޭގެ ޗެމްޕިއަން ޓީސީގައިމޮޅު ކުޅުމެއް ދަށްކަމުން އަންނަ ކޭކޭއަށް އުފަން މުހައްމަދު އައްޒާމެވެ. މި  މުބާރާތުގައިމާދަމާ ކުޅެވޭ މެޗުގައި ބައްދަލުކުރާނީ މާޅެންދޫ އާއި މަނަދޫއެވެ. 

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close