ޚަބަރުކުޅިވަރު

މެސީގެ ކާމިޔާބު ކެރިއަރުގެ ފަހަތުގައި ހުރި ބައްޕަ ޖޯޖް މެސީ މަރުވެއްޖެ

އާޖެންޓީނާގެ ފުޓްބޯޅަ ތަރި އަދި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ އުމުރުން 68 އަހަރުގައި މަރު ވެއްޖެއެވެ.

ޖޯޖް މަރުވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައި ދިގު މުއްދަތެއް ވަންދެން ބައްޔަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.

ޖޯޖް މެސީއަކީ މެސީގެ އޭޖެންޓެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން ހޭދަކޮށް، މެސީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއަކަށް ހެދުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރި ފަރާތެވެ. މެސީ ކުޑައިރު ދެކުނު އެމެރިކާ ދޫކޮށް ސްޕެއިންގެ ބާސެލޯނާއަށް ބަދަލުވުމުގެ ނިންމުން ނިންމައި، މެސީއާއެކު އެންމެ ފުރަތަމަ ސްޕެއިނަށް ދިޔައީވެސް އޭނާއެވެ.

މުޅިން އާ ވެއްޓެއްގައި ދިރިއުޅެން ފަށައިގެން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލި އެ ދުވަސްތަކުގައި، ޖޯޖް ވެފައިވަނީ ދަރިފުޅަށް ނަފްސާނީ ގޮތުންނާއި ޢަމަލީ ގޮތުން، އަދި ޓްރެއިނިން އާއި ސިއްހީ ކަންކަމުގައި ލިބުނު އެންމެ ބޮޑު އެހީތެރިޔާއަށެވެ. މީގެއިތުރުން، ބާސެލޯނާ ދޫކޮށް ޕީއެސްޖީ އާއި އިންޓަ މިއާމީއަށް މެސީ ބަދަލުވުމާއި، މެސީގެ ބްރޭންޑާއި ވިޔަފާރިތައް މެނޭޖްކުރުމުގައިވެސް އިސްކޮށް ހުރީ ޖޯޖް މެސީއެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close