ބޮޑުތަފާތަކުން މާފަރުން ވެލިދޫ ބަލިކޮށްފި
މިހާރު ކެނދިކުޅުދޫގައި ކުރިއަށްދާ ޝިޔާމް މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅެވުނު ގްރޫޕް ބީ ގެ 6 ވަނަ މެޗުގައި ވެލިދޫގެ ފުޓްބޯޅަ ޓީމުއަތުން 5 ލަނޑު 0 ލަނޑުގެ ބޮޑުތަފާތަކުން މާފަރު މޮޅުވުމުން މި ގްރޫޕްގެ ވާދަވެރިކަން ވަރަށް ބޮޑުވެއްޖެއެވެ.
މުބާރާތް ފެށުނު އިރުވެސް އެންމެ ފޯރި ގަދަވާނެކަމަށް ބެލުނު މި ގްރޫޕްގައި ހޮޅުދޫއިން 2 މެޗު ކުޅެފައިވާއިރު އެޓީމުންވަނީ މި ދެމެޗުވެސް ކާމިޔާބުކޮށް ސެމީއާއި ވަރަށް ގާތަށް ޖެހިލައިފައެވެ. މި ގްރޫޕްގައި ހިމެނޭ ލަންދޫއަށް ދެމެޗު ކުޅެ 1 މެޗުން މޮޅުވެ އަނެއް މެޗުން އެއްވަރުވެ 4 ޕޮއިންޓް ލިބިފައިވާއިރު ، މާފަރުވަނީ 3 މެޗު ކުޅެ 1 މެޗުން މޮޅުވެ 1 މެޗުން އެއްވަރުވެ އަދި 1 މެޗުން ބަލިވެ ޖުމުލަ 4 ޕޮއިންޓް ހޯދާފައެވެ. މި ގްރޫޕްގައި ހމެނޭ ކުޑަފަރީޓީމުން ދެ މެޗު ކުޅެފައިވާއިރު 1 މެޗުން މޮޅުވެ 1 މެޗުން ބަލިވެ އެޓީމަށްވަނީ 3 ޕޮއިންޓް ލިބިފައެވެ. މިހެންކަމާއިއެކު މި ގްރޫޕްގައި ހިމެނޭ ވެލިދޫ ފިޔަވާ އަނެއް 4 ޓީމަށްވެސް ސެމީއަށް ދިއުމުގެ ފުރުޝަތު ތަނަވަސް ވެފައިވެއެވެ.
މި ގްރޫޕްގައި މިއަދު ހަވީރު މާފަރާއި ވެލިދޫ ބައްދަލު ކުރި މެޗުގައި މާފަރުޓީމުގެ ފަރާތުން މޮޅުކުޅުމެއް ފެނިގެން ގޮސްފައިވާއިރު މާފަރު ޓީމުގެ ތަރިއަކަށް ވެގެން ގޮސްފައިވަނީ އެޓީމަށް މިއަދުގެ މެޗުގައި މޮޅުކުޅުމެއް ދަށްކާ 2 ގޯލްޖަހައިދީ މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދި ޖާރޒީނަމްބަރ 77 އަފްރާޙް މުހައްމަދެވެ.
މި މުބާރާތުގައި މާދަމާ އޮންނާނީ ގްރޫޕް އޭގެ 10 ވަނަމެޗެވެ. އެ މެޗުގައި ބައްދަލުކުރާނީ މުބާރާތް ބާއްވާރަށްކަމަށްވާ ކެނދިކުޅުދޫ އާއި މަގޫދޫގެ ފުޓްބޯޅަ ޓީމެވެ. މި މެޗުވެސް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 3.45 ގައި ކެނދިކުޅުދޫ ފުޓްބޯޅަ ދަނޑުގައެވެ.


