އެފްރިކާ ކަޕް އޮފް ނޭޝަންސްގައި މިސްރުން ގަދަ 16 ޔަގީންކޮށްފި

އެފްރިކާގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އެފްރިކާ ކަޕް އޮފް ނޭޝަންސް 2026 ގެ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުތަކަށްފަހު، މިސްރުން ގަދަ 16 ގައި ކުޅުމުގެ ފުރުސަތު ޔަގީންކޮށްފިއެވެ.
ގްރޫޕް ބީގައި މިސްރުން ދެކުނު އެފްރިކާ ބަލިކުރީ 1-0 އިންނެވެ. މީގެ އިތުރުން ގްރޫޕް އޭގައި މާލީން ވަނީ މޮރޮކޯ 1-1 އިން ހިފަހައްޓާފައެވެ.
މިސްރުން މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވެ، ޖުމްލަ ހަ ޕޮއިންޓް ހޯދާފައިވާ އިރު، ރޭގެ މެޗުގެ ހަމައެކަނި ގޯލް ޕެނަލްޓީއަކުން ޖަހައިދިނީ މުހައްމަދު ސަލާހެވެ. މިސްރުން މެޗުގެ ދެވަނަ ހާފު އެއްކޮށް ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި މުހައްމަދު ހަނީއަށް ރަތް ކާޑު ދެއްކުމުންނެވެ.
އެންގޯލާއާއި ޒިމްބާބުވޭގެ މެޗު 1-1 އިން އެއްވަރުވުމުން، މިސްރަށް ވަނީ ގްރޫޕް ބީގެ އެއްވަނަ ޔަގީންވެފައެވެ. މޮރޮކޯއިން މާލީއާ އެއްވަރުވި މެޗުގައި، ދެ ޓީމުންވެސް ގޯލްޖަހާފައި ވަނީ ޕެނަލްޓީންނެވެ.

