ބްރެންޓްފޯޑް ބަލިކޮށް ތާވަލުގެ އެއްވަނައަށް އާސެނަލް އަރައިފި
އިނގިރޭސި ޕްރިމިއަރ ލީގްގައި ރޭ ކުޅުނު މެޗްގައި ބްރެންޓްފޯޑްގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން އާސެނަލް ކާމިޔާބު ހޯދައި، ޕްރިމިއާ ލީގް ތާވަލުގެ އެއް ވަނަ އަށް އެޓީމް އަރައިފި އެވެ.
ބްރެންޓްފޯޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ 17 ވަނަ މިނެޓްގައި އާސެނަލްގެ ޑިފެންޑަރު ވިލިއަމް ސަލީބާ ވަނީ ސަކާގެ އެސިސްޓަކުން ގޯލެއް ޖަހައި އެޓީމަށް ލީޑު ނަގައި ދީފަ އެވެ. މެޗުގެ 28 ވަނަ މިނެޓުގައި ގެބްރިއަލް ޖީސެސް ގެ ގޯލަކުން އާސެނަލް އަށް ވަނީ ލީޑް ފުޅާވެގެންގޮސްފައެވެ.
ދެވަނަ ހާފްގެ ކުރީކޮޅު އާސެނަލްގެ މިޑްފީލްޑަރު ފަބިއޯ ވިއޭރާ ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް އެޓީމަށް ޕޮއިންޓް ޓޭބަލްގެ 1 ވަނަ އަލުން ކަށަވަރުކޮށްދީފައެވެ.
ލީގުގެ އެއްވަނައިގައި އާސެނަލް އޮތްއިރު އެޓީމު މި ސީޒަނުގައި އަދި މިހާތަނަށް ބަލިވެފައިވަނީ މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ.


